ދައުލަތުން ދަރަނި ދެއްކުމާއި ގުޅޭގޮތުން އީވާގެ ގަރާރެއް

އީވާގެ ގަރާރުގައި ވަނީ 2013 އިން 2018 އަށް ދައުލަތުން ނަގާފައިވާ ދަރަނިތަކާއި ވޭތުވެދިޔަ ފަސް އަހަރުގެ ތެރެގައި ދައުލަތުން ނަގާފައިވާ ދަރަނިތައް ރީސްޓްރަކްޗާކޮށް ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން މަޖިލީހުން ފާސްކޮށްފައިވާ ހުށައެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށައެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު / މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ގަރާރެއް ހުށައަޅުއްވައިފި އެވެ.

އީވާގެ ގަރާރުގައި ބުނެފައިވަނީ އެއީ ދިވެހި ދައުލަތުން ދަރަނިވެރި ވެފައިވާ މިންވަރާއި ދަރަނި ބެހެއްޓިފައިވާ ގޮތާއި އަދި އެ ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީ ޖާގަ ދޭނެ މިންވަރު ދެނެގަތުމުގައި އަމަލު ކުރާނެ އިރުޝާދެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓްގައި ދައުލަތުގެ ދަރަޖި ރީސްޓްރަކްޗާކޮށް ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށައެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާ ގަރާރެއް ކަމަށެވެ.

2013 ވަަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދިވެހި ދައުލަތުން ދަރަނިވެރި ވެފައިވާ މިންވަރާއި ދަރަނި ބެހެއްޓިފައިވާ ގޮތާއި އަދި އެ ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީ ޖާގަ ދޭނެ މިންވަރު ދެނެގަތުމުގައި އަމަލު ކުރާނެ އިރުޝާދަކަށް އެދި އޮގަސްޓް 10، 2020 ގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ހުށައެޅި މައްސަލަ މުޅި މަޖިލީހުގެ ކޮމެޓީން ދިރާކޮށް ނިންމި ގޮތުގެ ރިޕޯޓް އޮގަސްޓް 27، 2020 ގައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެ ރިޕޯޓްގައި އޭރު ދައުލަތުގެ ދަރަނީގެ ހާލަތާއި 2013 އިން 2018 އަށް ދައުލަތް ދަރަނިވެރި ވެފައިވާ މިންވަރާއި އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި އަދި ތިން އަހަރުގެ ތެރޭގައި އެ ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގެ އާމްދަނީ ޖާގަ ދޭނެ މިންވަރު ދެނެގަތުމާއި ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ސަރުކާރަށް ލަފާ ދީފައިވެއެވެ.

މީގެ އިތުރުން ސަރުކާރުން ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަންޏާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި ފިޔަވައި އެހެން ދަރަނި ސީސްޓްރަކްޝާ ނުވަތަ ރީ-ޕްރޮފައިލް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެކަމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާ އެ ކޮމެޓީން އެ މަސައްކަތް ކުރުމުގައި ރާއްޖެ އާއި ބައިނަލްއަގްވާމީ ކަމާގުޅޭ ގާނޫނީ / މާލީ މާހިރުންްގެ ލަފަޔާ އިރުޝާދު ހޯދުމަށާއި އެ ކޮމެޓީއާ ހަވާލު ކުރެވޭ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިޖންމާ ކޮމެޓީގެ ހޯދުންތައް ރައީސުލްޖުމްހޫރިއްޔާ އާާއި ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރުމަށް ހިމަނާފައިވެއެވެ. އަދި ކޮމެޓީގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލާއި ހޯދުންތައް މަހަކު އެއް ފަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލްވުމަކަށް ހާޒިރުވެ ހިއްސާ ކުރުމަށާއި ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކޮށްފައިވާ ފަރާތްތައް މޮނިޓާ ކުރުމުގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާކޮށް ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގައި ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރުމަށް ގެންދިއުމަށް ވަނީ ލަފާ ދީފައެވެ.

މީގެ އިތުރުން ދައުލަތުގެ މެދުރާސްތާގެ ދަރަނި ސްޓްރެޓެޖީ މުރާޖައާކޮށް ދަރަނި ސްޓްރެޓެޖީ ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮޮށް ނަތީޖާ ހާސިލު ކުރެވޭނެ ގޮތަށް ރިޕޯޓް އެކުލަވާލާ އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރުމަށް ހިމަނާފައިވެއެވެ.

އީވާގެ ގަރާރުގައި ވަނީ 2013 އިން 2018 އަށް ދައުލަތުން ނަގާފައިވާ ދަރަނިތަކާއި ވޭތުވެދިޔަ ފަސް އަހަރުގެ ތެރެގައި ދައުލަތުން ނަގާފައިވާ ދަރަނިތައް ރީސްޓްރަކްޗާކޮށް ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން މަޖިލީހުން ފާސްކޮށްފައިވާ ހުށައެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

އީވާ މިފަދަ ގަރާރެއް ހުށައަޅާފައި މިވަނީ ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ މީހަކާމެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދު ގައި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނާ ތައާރުޒުވާ ބައިތައް އުނިކުރަން ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ހުށައަޅުއްވާފައި ވަނިކޮށެވެ.

މި ގަރާރު ހުށައަޅާ ބަހުސްކޮށްފައި ވަނީ މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް އޮންނަ، އެމްޑީޕީގެ ޕީޖީން އެ މައްސަލަ ބަލައި ނުގަތުމަށް ރެޑް ވިޕްލައިނެއް ނެރެފައި އޮއްވައެވެ. އެމްޑީޕީ ޕީޖީން ބުނީ ހަސަން ލަތީފް ގަރާރު ހުށައެޅުއްވީ އުސޫލުން ބޭރުން ކަމަށާ އަދި ގަރާރުގައި ހަގީގަތާއި ހިލާފު ވާހަކަތައް ހިމަނާފައިވާ ކަމަށެވެ. ގަރާރު ބަލައިގަތުމަށް ނުފެންނަ ކަމަށް ނިންމާ ރެޑް ވިޕް ނެރުނީ އެހެން ވެގެން ކަމަށެވެ.

ހަސަން ލަތީފާއި އީވާއަކީ ރައީސް ސޯލިހާއި ދެކޮޅު، ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުންނެވެ. އީވާގެ ގަރާރަށްވެސް ރެޑް ވިޕްލައިނެއް ނެރޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް ނަޝީދުގެ ފެކްޝަންގެ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ ވޯޓާއެކު މިހާރު ގަރާރެއް ބަލައިގަނެ ބަހުސް ކުރެވޭނެ މިންވަރަށް ވޯޓް ހަމަކުރެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.