ރެއާލްގައި އަހަންނަށް ކުޅެވޭނެ: ހަޒާޑް

އެޑެން ހަޒާޑް ޗެލްސީން 2019 ވަނަ އަހަރު ރެއާލަށް ބޮޑު އަގުގައި ބަދަލުވި ނަމަވެސް، ބާސެލޯނާއާއެކު ކުޅުނު އެލްކްލާސިކޯތަކުގެ ތެރެއިން އެއްވެސް ބައްދަލުވުމެއްގައި އޭނާއަށް ކުޅެވޭ ގޮތެއް ނުވެއެވެ.

ރެއާލް މެޑްރިޑްގެ އެޑެން ހަޒާޑު: ބޮޑު އަގުގައި ރެއާލްއަށް ބަދަލުވެ މިހާތަނަށް ކުޅުން ދެއްކޭ ގޮތް ވެފައެއް ނުވޭ

ޕްރީ ސީޒަން ފުރިހަމަ ކުރުމަށް އެމެރިކާގެ ލޮސް އެންޖެލިސްގައި ރެއާލް މެޑްރިޑުން އެންމެ ފަހުން ބޭއްވި ފަރިތަ ކުރުން ތަކުގައި އެޑެން ހަޒާޑަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވި ނަމަވެސް އޭނާ އަށް މި އަހަރު ލިބޭނެ ފުރަތަމަ އެލް ކްލާސިކޯގައި ނުކުޅެވޭނެހެނެކަން އަދި މުޅީން ކަށަވަރެއް ނުވެ އެވެ. މިފަހަރުގެ ފުރަތަމަ އަލްކްލާސިކޯއަކީ ފްރެންޑްލީ އެކެވެ.

އެޑެން ހަޒާޑް ޗެލްސީން 2019 ވަނަ އަހަރު ރެއާލަށް ބޮޑު އަގުގައި ބަދަލުވި ނަމަވެސް، ބާސެލޯނާއާއެކު ކުޅުނު އެލްކްލާސިކޯތަކުގެ ތެރެއިން އެއްވެސް ބައްދަލުވުމެއްގައި އޭނާއަށް ކުޅެވޭ ގޮތެއް ނުވެއެވެ.

އެއީ ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން ހަޒާޑްގެ ހަގީގަތް އޮތް ގޮތް ނަމަވެސް އަދި އޭނާގެ ގިނަވެފައިވާ އަނިޔާތަކާއެކު ޝޭޕަށް ބަދަލުތައް އައިސްފައިވެ އެވެ. މި ސީޒަނުގައި ހަޒާޑު ހުރީ އެކަންކަން ބަދަލު ކުރަން ކެތްމަދުވެފަ އެވެ. ހަޒާޑް ކުރިއަށްވުރެ ބޮޑަށް ޝައުގުވެރިކަން އިތުރުކޮށް ޕޮޒިޓިވް ކޮށް ހުރި ކަމަށް ސްޕޭންގެ ނޫސްތައް ބުނެ އެވެ.

"އަހަންނަށް ކުޅެވޭނެ، އަހަންނަށް އެއްވެސް ތަދެއް އިހުސާސެއް ނުކުރެވޭ. އަހަރެން ދާނީ ކުރިއަށް. ޗުއްޓީއަށް ފަހު ޕްރީ ސީޒަނަށް ތައްޔާރު ވެގެން މިއައީ،" ހަޒާޑް ބުންޏެވެ.

ހަޒާޑް ބުނީ ރެއާއިލް ހުރިހާ ތަށިތަކެއް ހޯދިއިރު އެ ޓީމުގެ ކުޅުންތެރިންނަށްޓަކައި، އަދި ކްލަބާއި ސަޕޯޓަރުންނަށްޓަކައި އޭނާ އުފާވާ ކަމަށާއި އޭނާގެ ފެންވަރު ދައްކާލަން ވެސް އޭނާ ވެސް ހުރީ ބޭނުން ވެފައި ކަމަށެވެ.

"ހިނގާ ދައްކާލަމާ އަހަންނަށް ކުޅެވޭނެކަން އަދި ޓީމަށް ވެސް އަހަރެންނާއެކު މޮޅުވެވޭނެކަން... މި ކްލަބުގައި ކާމިޔާބު ހޯދަން މިއުޅެނީ،" އޭނާ ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.