އުނދަގުލުގެތެރޭ އޮވެ ސިޓީ، އާސެނަލްއާ ކައިރިއަށް

ދެ ވަަަނައިގައި އޮތީ 48 ޕޮއިންޓާއެކު ސިޓީ އެވެ. ސިޓީން ދެން ބައްދަލު ކުރާނީ އާސެނަލްއާ އެވެ. ސިޓީއަށް ވެސް އަދި ލީގް ޓައިޓަލް ހޯދުމުގެ ޖާގަ ތަނަވަހެވެ.

އެސްޓަން ވިލާގެ ގޯލަށް ޕެނަލްޓީއެއް ވައްދާލުމަށް ފަހު ސިޓީގެ މެހްރެޒެ އުފަލުން ދުވަނީ

އިނގިރޭސި ޕްރިމިއާ ލީގްގެ މާލީ ގަވާއިދުތަކާ ހިލާފުވި ކަމަށް ބުނެ 115 ދައުވާއަކާ ކުރިމަތިލާން ޖެހުމުން މެންޗެސްޓާ ސިޓީއަށް އެތެރޭގެ އުނދަގޫތަކެއް އޮތް ދަނޑިވަޅެއް އައިސްފައި އޮއްވާ ވެސް އެސްޓަން ވިލާ ބަލިކޮށް ލީގް ލީޑަރު އާސެނަލް އާ ގާތަށް ޖެހިލައިފި އެވެ.  

މިހާރު އާސެނަލް އޮތީ 51 ޕޮއިންޓާއެކު އެވެ. އެންމެ ފަހުން ކުޚުނު މެޗުގައި އާސެނަލް އަށް ލިބުނީ ޕޮއިންޓެކެވެ. ދެ ވަަަނައިގައި އޮތީ 48 ޕޮއިންޓާއެކު ސިޓީ އެވެ. ސިޓީން ދެން ބައްދަލުކުރާނީ އާސެނަލްއާ އެވެ. 

ތިން ވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ރޭ ލީޑްސްގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑް ވެސް ވަނީ މޮޅެއް ހޯދާފަ އެވެ. 

ރޭގެ ފޯކަސް މެޗަކަށް އޮތީ ވެސް ސިޓީގެ މެޗެވެ. އުނައި އުމެރީގެ އެސްޓަން ވިލާއާ ދެކޮޅަށް ސިޓީގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުގެ ކުރީ ކޮޅުގައި ސިޓީން ލީޑް ހޯދައިގެން ހަމަޖެހިލައިފި އެވެ. އެގޮތުން ހަތަރު ވަނަ މިނިޓްގައި ލިބުނު ކޯނަރެއްގައި ބޮލުން ފޮނުވާލައި ރޮޑްރީ ވަނީ ލަނޑު ޖަހާފަ އެވެ. 

ސިޓީގެ ލީޑް ބޮޑުވީ ގުންޑުއާން ޖެހި ގޯލުންނެވެ. ސިޓީގެ ތިން ވަނަ ގޯލަކީ ޕެނަލްޓީއެކެވެ. ޕެނަލްޓީން ލަނޑު ޖެހީ މަހްރޭޒް އެވެ. ރޭ ވެސް ސިޓީގެ ފޯވާޑް އާލިން ހާލަންޑަށް މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވެ އަދި އަނިޔާއެއް ވެގެން ބޭލީ އެވެ.

އެސްޓަން ވިލާއިން ވެސް ރޭ ސުން ކަނޑުވައިލި އެވެ. އެސްޓަން ވިލާއަށް ލަނޑެއް ކާމިޔާބު ކޮށް ދިނީ އޮލީ ވަޓްކިންސް އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.