ސިވިލް ސާވަންޓުންގެ އާ ބެޗެއް ތަމްރީނު ހަދަން އިންޑިއާއަށް

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޕާޓްނަޝިޕްގެ ތެރެއިން ތަމްރީނާއި ކެޕޭސިޓީ ބިލްޑިންގެ ދާއިރާއިން އެއްބާރުލުން ދިނުމަކީ މި މުހިންމު އެއްބައެވެ.

ދިވެހި ސިވިލް ސާވަންޓުން ތަމްރީނު ކުރުމަށް 21 ވަނަ ބެޗެއް އިންޑިއާގެ ނިއުދިއްލީއަށް ފުރައިފި އެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަ ފޯ ގުޑް ގަވަނަންސް (އެންސީޖީޖީ) ކުރިއަށްގެންދާ ރާއްޖެއަށް ފަރުމާކޮށްފައިވާ "ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް އިން ދަ ފީލްޑް އޮފް އެޑްމިނިސްޓްރޭޝަން" ގެ ތެރެއިން މި ބެޗް މި މަހުގެ 13 އިން 18 އަށް ތަމްރީނުތައް ފުރިހަމަ ކުރާނެ އެވެ. 

މި ފަހަރުގެ ބެޗްުގައި ސީނިއާ ސިވިލް ސާވަންޓުންގެ 26 މީހަކު ބައިވެރިވެ އެވެ. އެއީ ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކުން ހޮވަލާފައި އިސް ސިވިލް ސާވަންޓުންނެވެ. 

"އިންޑިއާ-މޯލްޑިވްސް ރިލޭޝަންޝިޕް" ގެ ތެރެއިން އެންސީޖީޖީން ސިވިލް ސާވަންޓުންނަށް ހިންގާ މި ޕްރޮގްރާމްގައި ޕަބްލިކް ޕޮލިސީ އެންޑް އިމްޕްލިމެންޓޭޝަނާއި ސޮލިޑް ވޭސްޓް މެނޭޖްމަންޓާއި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓާއި އެންޓި ކޮރަޕްޝަން ސްޓްރެޓެޖީސްތަކާއި އިންކްލޫސިވް ޑިވެލޮޕްމަންޓާއި ޖެންޑާ އެންޑް ޑިވެލޮޕްމަންޓާއި ހެލްތު ކެއާގެ ތަޖުރިބާކާރުންގެ އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދާނެ އެވެ.

ރާއްޖޭގެ ސިވިލްސާވިސް ކޮމިޝަނާއި އެންސީޖީޖީއާ ދެމެދު 2019 ވަނަ އަހަރު ސޮއި ކުރި އެމްއޯޔޫގައި މިހާތަނަށް 21 ވަނަ ބެޗާއެކު 640 އަށް ވުރެ ގިނަ ސިވިލް ސާވަންޓުން ތަމްރީނު ދީފައި ވެއެވެ. އަމާޒަކީ ފަސް އަހަރު ތެރޭގައި 1000 ސިވިލް ސާވަންޓުން ތަމްރީނު ކުރުމެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޕާޓްނަޝިޕްގެ ތެރެއިން ތަމްރީނާއި ކެޕޭސިޓީ ބިލްޑިންގެ ދާއިރާއިން އެއްބާރުލުން ދިނުމަކީ މި މުހިންމު އެއްބައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.