ތިއާގޯގެ ކޮންޓްރެކްޓް އާ ކޮށްފި

ސިލްވާ ވަނީ ޗެލްސީ އަށް 103 މެޗު މިހާތަނަށް ކުޅެދީފަ އެވެ. އަދި އޭނާ ވެފައި ވަނީ ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔާ އަދި ލީޑަރަށެވެ.

ތިއާގޯ ސިލްވާ: ކުޅުމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވޭ

އިނގިރޭސި ޕްރިމިއާ ލީގްގައި ޗެލްސީއަށް ކުޅެމުންދާ ބްރެޒިލްގެ ތަރި، ޑިފެންޑަރު ތިއާގޯ ސިލްވާ އެ ކްލަބާއެކު ހަދާފައިވާ ކޮންޓުރެކްޓް އިތުރު އެއް އަހަރަށް އަނެއްކާވެސް އާ ކޮށްފި އެވެ. އާ ކޮންޓްރެކްޓާއެކު ސިލްވާ ޗެލްސީގައި 2024 ގެ ޖޫންގެ ނިޔަލަށް ހުންނާނެ އެވެ.

މިހާރު އުމުރުން 38، ވެފައިވާ ތިއާގޯ ސިވްލާވާ ޗެލްސީގެ ކޮންޓްރެކްޓް އާ ކުރާނެކަން ކުރިން ވެސް ގާތްގަނޑަކަށް ޔަގީނެވެ. ސަބަބަކީ އޭނާގެ ތަޖުރިބާ އާއި ދެވަނައެއް ނެތް ފެންވަރުގައި އޭނާ ދައްކަމުންދާ މޮޅު ޑިފެންސިވް ކުޅުމާއި ލީޑަޝިޕްގެ ރޯލަށް އެއްވެސް ބަދަލެއް އައިސްފައި ނުވުމެވެ. 

ޗެލްސީގެ އާ ވެރިންވެސް ބޭނުންވީ ހިތްހަމަ ޖެހިގެން ތިއާގޯ އަށް ކޮންޓްރެކްޓް ދޭށެވެ. 

ތިއާގޯ ސިލްވާ ބުނީ ޗެލްސީ އާއެކު އަނެއްކާވެސް އިތުރު އަހަރަކަށް މަޑުކުރަން ފުރުސަތު ލިބުމަކީ އޭނާއަށާއި އާއިލާއަށް ލިބޭ ހާއްސަ އުފަލެއް ކަމަށެވެ. އޭނާގެ ހިތް އޮތީ މުޅީން ޗެލްސީއަށް ދީފައި ކަމަށެވެ. 

އިޓަލީގެ އޭސީ މިލާނުން ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގައި މޮޅަށް ކުޅެމުން އަންނަ ބްރެޒިލްގެ ގައުމީ ކެޕްޓަން ވެފައި ވަނީ ދުނިޔެ ދުށް އެންމެ މޮޅު އެއް ޑިފެންޑަރަށެވެ. 

އޭނާ 2020 ވަނަ އަަހަރު ޗެލްސީއާ ގުޅުނީ އުމުރުން ދުވަސް ވުމާއެކު ކެރިއަރު ނިންމާލުމުގެ ގޮތުން ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ނަމަވެސް ޗެލްސީއާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެ ކްލަބާއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކްލަބާއެކު ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން މިހާތަނަށް ވެސް އޭނާގެ މޮޅު ކުޅުމާއި ވިސްނުން ތޫނު ކަމަށް އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ. 

ސިލްވާ ވަނީ ޗެލްސީ އަށް 103 މެޗު މިހާތަނަށް ކުޅެދީފަ އެވެ. އަދި އޭނާ ވެފައި ވަނީ ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔާ އަދި ލީޑަރަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.