"ބީވީމާ" އާ ބެހޭ ގޮތުން ފަތުރަނީ ދޮގެއް

"ބީވީމީ" އާ ބެހޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރާފައި މިވަނީ "ބީވީމާ" އަކީ ތަމަޅަ ފިލްމު "96" ގެ ދިވެހި ރީމޭކެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ވަރަށް ގިނަ އިވެންޓްތަކުގައި ބުނެފައި ވަނިކޮށެވެ.

ބީވީމާގެ މުހިންމު ރޯލްތަކުން ފެނިގެންދާ ހަތަރު ތަރިން: ފިލްމާމެދު ބަޔަކު ދަނީ ނުރަނގަޅު ވާހަަކަތަކެއް ފަތުރަމުން

ޑާކްރެއިން އެންޓަޓޭންމެންޓްސް އާ ފިލްމް "ބީވީމާ" އަކީ އޮރިޖިނަލް ހިޔާލެއް ކަމަށް ދައްކަން ޕްރޮޑަކްޝަން ޓީމުން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ބަޔަކު ދައްކަމުންދާ ވާހަކަތައް ދޮގުކޮށް ޑާކްރެއިން އިން ބަޔާނެއް ނެރެފި އެވެ.

ޑާކްރެއިން އިން ބަޔާނެއް ނެރެ ބެލުންތެރިންނަށް ހަގީގަތް ސާފުކޮށްދީފައި ވަނީ "ބީވީމާ" އާ ގުޅޭގޮތުން ނުރަނގަޅު ވާހަކަތަކެއް ފަތުރަމުންދާތީ އެވެ. ބައެއް ރިޕޯޓްތަކުގައި ވަނީ މި ފިލްމަކީ ކޮޕީ ފިލްމެއް ކަމަށާ އެކަަން ޕްރޮޑަކްޝަން ޓީމުން ބުނެދީފައިނުވާ ކަމަށެވެ.

ޑާކްރެއިންގެ ބަޔާނުގައި ބުނެފައިވަނީ ފިލްމް ކްރިޓިކުން / ފިލްމުތަކަށް ފާޑުކިޔާ އެ ފިލްމުތަކުގެ މޮޅު ދެރަ ފާހަގަކޮށް ފިލްމުތަކުގައި އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަމާ ރަނގަޅަށް ކޮށްފައި ހުރި ކަންކަން ފާހަގަ ކޮށްދޭ ލިޔުންތެރިންނަކީ މިއަދު ދިވެހި މުޖުތަމައުއަށް ކޮންމެހެންވެސް ބޭނުންވާ ބައެއް ކަަމަށާ ސަބަބަކީ ދިވެހި ފިލްމް އިންޑަސްޓްރީގެ ކުރިމަގު ބިނާވެފައިވަނީ މިފަދަ ބިނާކުރަނިވި ފާޑުކިޔުންތަކުގެ މައްޗަށް ކަމަށް ވުމެވެ. އެހެން ނަމަވެސް ފިލްމެއްގެ ހަގީގީ ފެންވަރަށް ފާޑުކިއުމުގެ ބަދަލުގައި އެ ފިލްމު ހެދި ފަރާތްތަކާ ޒާތީގޮތުން އޮތް ހިތްހަމަ ނުޖެހުން, ނޫސްވެރިކަމުގެ ބާރު ބޭނުންކޮށްގެން ހަގީގަތާ މުޅިން ހިލާފު ވާހަކަ ހިމަނައިގެން އާންމުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. 

"ޒިންމާދާރު ނޫސްވެރިކަމަކީ ޒާތީ ގޮތުން އުފެދިފައިވާ ރުޅިވެރިކަން, ނޫސްވެރިކަމާ ތެދު މައުލޫމާތު ހާމަކުރުމުގެ މުގައްދަސް ވަސީލަތް ބޭނުންކޮށްގެން ފުޅާކުރަން މަސައްކަތް ނުކުރުމުގެ މަތީގަ ބިނާވެފައިވާ ކަމެއްކަމުގައި މި ކުންފުނިން ގަބޫލުކުރަމެވެ،"

"ބީވީމާ" ޕްރައިމިއާ ކުރުމުގެ އިވެންޓް

ޑާކްރެއިން އިން މިއަދުވެސް ބުނީ ''96" މި ފިލްމަކީ ވަރަށް ގިނަ ބަޔަކު ރީމޭކްކޮށްފައިވާ ފިލްމެއް ކަމަށާ "ބީވީމާ" އަކީ ދިވެހި މުޖުތަމައުއަށް މި ފިލްމު ފައްތާ ތައްޔާރުކޮށްފައިވާ ދިވެހި ރީމޭކެކެވެ. "96" މި ފިލްމަކީވެސް އެހެން ފިލްމެއްގެ ހިޔާލުން އިންސްޕަޔާ ވެގެން ހަދާފައިވާ ފިލްމެއް ކަމަށެވެ. އެއީ 2016 ވަނަ އަހަރު އެލެކްސް ލީމެން ޑައިރެކްޓްކޮށް މާކް ޑުޕްލަސް ލިޔެފައިވާ "ބްލޫޖޭ" އެވެ.

"އަދިވެސް އެއް ފަހަރު ދަންނަވާލަމެވެ. 'ބީވީމާ' އަކީ ތަމަޅަ ފިލްމު '96' ގެ ދިވެހި ރީމޭކެކެވެ. އެއީ ކީ މި ކުންފުނީގެ އަދި ލިޔުންތެރިޔާގެ އޮރިޖިނަލް ހިޔާލެއް ނޫނެވެ. މިވާހަކަ އެކި ފަހަރު އެކި ޕްލެޓްފޯމްތަކުގައި ވަރަށް ސާފުކޮށް ވަނީ ކިޔާދެވިފައެވެ،"

ނަމަވެސް "ބީވީމާ" އަކީ ދިވެހި މާހައުލަށް ފެއްތުމަށްޓަކައި މުހިންމު ބަދަލުތަކެއްވެސް ގެނެސް އުފައްދާފައިވާ ފިލްމެކެވެ.

"މި ފިލްމު ބެލި އެކަކަށްވެސް މި އުޅެވެނީ 1996 ވަނަ އަހަރު ޓެމިލްނާޑޫގެ ރަށެއްގައި ހެން އިހުސާސްވެގެން އެވާހަކަ ދަށްކާފައިނުވާ ކަމީ އެކަމުގެ ހެއްކެކެވެ. އަދި ހަމަ މިއާއެކު ޑާކް ރެއިން އެންޓަޓެއިންމަންޓުން އަބަދުވެސް އެންމެ އިސްކަމެއް ދީ އެންމެ ގަދަރު ކުރާ ބަޔަކީ ފިލްމު ބެލުންތެރިންނެވެ. އެހެންކަމުން މި ކުންފުނިން އެއްވެސް އިރަކު ބެލުންތެރިންނަކީ ތަންދޮރު ނޭނގޭ ބައެއްގެ ގޮތުގައި ދެކިފައެއް ނުވާނެއެވެ،"

ޑާކްރެއިން އެންޓަޓޭންމެންޓްސްގެ "ބީވީމާ" ގެ މެއިން ކެރެކްޓާސް

އެ ކުންފުނިން ބުނީ ހުރިހާ ސްޓްރީމިން ޕްލެޓްފޯމަކުން ބަލާލެވެން އޮތް ފިލްމެއްގެ ރީމޭކެއް ހަދާ އެއީ އަމިއްލަ ހިޔާލެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރަން ދުވަހަކުވެސް ވިސްނާފައި ނުވާ ކަމަށާ ޓެކްނޮލޮޖީ ގޮތުން މިހާ ތަރައްގީ ޒަމާނުގައި ދުނިޔޭގަވެސް މަޝްހޫރު ފިލްމެއްގެ ވާހަކައިގެ މައްޗަށް ދިވެހި ރީމޭކެއް ހަދާ އެކަމަކީ ބެލުންތެރިންނަށް ނޭނގޭނެ ކަމެއްގެ ގޮތުގައި އެއްވެސް މީހަކު ގަބޫލުކޮށްފާނެ ކަމަށް ދުށުމަކީ މޮޔަ / އެހާމެ ދެކޮޅު ނުޖެހޭ ވިސްނުމެއްކަމުގައިވެސް ބުނެފައިވެއެވެ.

"ބީވީމީ" އާ ބެހޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރާފައި މިވަނީ "ބީވީމާ" އަކީ ތަމަޅަ ފިލްމު "96" ގެ ދިވެހި ރީމޭކެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ވަރަށް ގިނަ އިވެންޓްތަކުގައި ބުނެފައި ވަނިކޮށެވެ. ފިލްމު އެޅުވުމުގެ ކުރީން އަދި ޕްރިމިއާ ކުުރުމުގެ ހަފްލާގައިވެސް އެކަން ފާހަގަކޮށްފައިވެއެވެ. ވަރަށް ގިނަ މީޑިއާތަކަށް ދިން އިންޓަވިއުތަކުގައިވެސް އެކަން އެ ޓީމުން ފާހަގަ ކުރިއެވެ.

ކޮމެންޓް

2
450
ހަސަން
1 year ago

ކޮންމެ ގޮތެއްވިޔަސް އަސްލު ފިލްމު 96 އުފެއްދި މީހުންގެ އިޒުނައަކާއި ނުލައި ތިހެން "ރިމޭކް" ކޮށްގެން އޭގެން ވިޔަފާރިކޮށްގެން މަންފާ ހޯދުމަކީ ހަމަ ވައްކަން ކުރުން. ބަޔަކު ހިޔާލެއްކޮށް އެތައް މަސައްކަތަކުން ފިލްމެއް އުފެއްދީމަ ތިޔަހެން ކޮޕީ ހަދައިގެން ވިއްކީމަ ހަމަ އެއަށް ކިޔާނީ ފޭރުން، ނުވަތަ ވައްކަން. ޑާކްރެއިން އަކީ އަމިއްލަ އުފެއްދުން ނެރެވޭނެ ޤާބިލްކަން ހުރި ބަޔަކަށްވާއިރު މިނޫން ގޮތެއް ވިސްނަވާ. އަބަދު "އީޒީ މަނީ" އަށް ނުވިސްނަވާ އުފެއްދުންތެރިކަން އިސްކުރަށްވާ.

ޒަރީރު
1 year ago

ރަނގަޅު ހިޔާލެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.