މާލެއާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ

އެ ކުންފުނި މިއަދު ބުނީ އެ ކުންފުނިން ދެމުންދާ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ސްކާޑާގެ އެންމެ ފަހުގެ ޓެސްޓުތައް ހެދުން މާދަމާ ކުރިއަށް ދާނެ އެވެ.

ކަރަންޓް ކުންފުނި ސްޓެލްކޯގެ އިންޖީނުގެއެއް: ކަރަންޓު ވިއުގައިގެ މަސައްކަތަކަށް މާދަމާ ކަރަންޓު ކަނޑާލަން ޖެހިދާނެ

މާދަމާ މާލެއާ ހުޅުމާލޭގެ ދެ ސަރަހައްދަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަރަންޓް ކުންފުނި ސްޓެލްކޯއިން ބުނެފި އެވެ.

އެ ކުންފުނި މިއަދު ބުނީ އެ ކުންފުނިން ދެމުންދާ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ސްކާޑާގެ އެންމެ ފަހުގެ ޓެސްޓުތައް ހެދުން މާދަމާ ކުރިއަށް ދާނެ ކަމަށެވެ. އެހެން ކަމުން މާދަމާ ހެނދުނު 6:00 އާއި 6:30 އާ ދޭތެރޭ މާލެއާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކަރަންޓު ކެނޑިދާނެ ސަރަހައްދުތައް

  •  މާލެއިން -- މަޖީދީމަގާއި، ޗާންދަނީމަގު، ކުދީނާގޯޅި، ކުދިރަތްމާ ގޯޅި، ދިލްބަހާރު މަގާއި، ދިލްބަހާރު ގޯޅި، އަލިކިލޭގެފާނު މަގާއި، ސަހަރާމަގު، ނިޔަނދުރުގޯޅި، ރާދަފަތި ހިނގުން އަދި ބޮޑުރަސްގެފާނު މަގުގެ އިތުރުން، ހުވަފެނީގޯޅި އާއި ދޮނަދަރާދަ ހިނގުމުން
  •  ހުޅުމާލެއިން -- ފިލިގަސްމަގު، ނިރޮޅުމަގު، ކަނީރުމަގު، ރީތިގަސް ހިނގުން، ކެލާ މަގު، ކާނިމަގު، ނިރޮޅުމަގު ގޯޅި 19 އަދި 20، ޗަނބޭލީމަގު ގޯޅި 4،5،6،7 އަދި 9 ގެ އިތުރުން ބުރެވިގަސްމަގާއި ހަލަވެލި މަގުން

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.