ތުރުކީގައި ސީރިއާ ބިންހެލުން: މަރު 8،000 ހުރަސްކޮށް އަދިވެސް މައްޗަށް

މިއީ 1999 ވަނަ އަހަރު އިސްތަންބޫލް ކައިރީން މަރްމަރާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި 17،000 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން އެ ގައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ

ސީރިއާގެ ސަރަހައްދުތައް ވެސް ހިމެނޭ ގޮތުން ތުރުކީއަށް އައި ފުލުފުލުގައި އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 8،000 ހުރަސްކޮށްފައި ވެއެވެ. މި އަދަދުތައް އަދިވެސް ބޮޑުތަނުން އިތުރުވާނެ ކަމަށް މިހާރު ބެލެވެ އެވެ. 

"އަދަދުތައް އަދިވެސް މަތިވާނެ ކަމަށް ބެލެވޭ. ހާއްސަކޮށް ކުޑަކުދިންނާއި ދޮށީ މީހުންގެ އަދަދު އިރުވާނެ،" އދ. އޮފިޝަލަކު ވިދާޅުވި އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިހާރު 48 ގަޑިއިރު ވެފައިވާއިރު އިމަރާތްތަކުގެ ދަށުން ދިރިހުއްޓާ މީހުން ސަލާމަތް ކުރެވޭނީ އާންމު ގޮތެއްގައި ފުރަތަމަ ތިން ދުވަހުއެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކުޑަވެފައި ވަނީ ފިނި ބާރު ކަމުންނާއި ބިންހެލުން އައި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެސް ވެހެމުންދާތީ އެވެ.

އޮފިޝަލް ރިޕޯޓްތަކުގައިު މިއަދު ހެނދުނު ބުނެފައިވާ ގޮތުގައި މަރުވި ކަމަށް ކަށަވަރު ކުރެވުނު މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތުރުކީގެ 5،894 މީހުނާއި ސީރިއާގެ 1،932 މީހުނެވެ. އަދި ޒަހަމްވެފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 25،000 އިން މައްޗަށް އުފުލިފަ އެވެ. އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ ބަޔަކު ވާއިރު މޫސުމާ ދެކޮޅަށް އުނދަގޫ މަސައްކަތްތަކެއްކޮށް މިހާރު ވަނީ 8،000 އަށް ވުރެ ގިނަ މީހުން އިމާރާތްތަކުގެ ދަށުންނާއި ވަޅުގަނޑުގަނޑުގެ ތެރެއިން ނަގައި ސަލާމަތްކޮށްފަ އެވެ. 

ތުރުކީގައި ކުއްލި ހާލަތު - ބިންހެލުމާއި ގުޅިގެން ކާރިސާގެ ހާލަތެއް މެދުވެރިވެފައި ވާތީ ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނު ކޮށްފަ އެވެ.

ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ކުއްލި ނުރައްކަލުގެ ހާލަތުގެ އިއްޔެ އިއުލާން ކުރެއްވީ ތިން މަސް ދުވަހަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު ދަމާފައި ވަނީ 10 ސިޓއަކަށެވެ. އެއީ ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި އެންމެ ގިނަ ބަޔަކު މަރުވެފައިވާ ސިޓީތަކެވެ. އެ ސަރަހައްދުތަކުގެ ބައެއް ހައްގުތަކާއި މިނިވަންކަން ހަނިކޮށް ސަސްޕެންޑް ވެފައި ވެއެވެ.

މިފަހަރުގެ ބިން ހެލުން - ތުރުކީއަށް މި ފަހަރު ފުރަތަމަ ބިންހެލުން އައީ ރިކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުމުގަ އެވެ. އެ ބިންހެލުމުގައި އިމާރާތްތައް ވެއްޓި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 7.6 ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އައެވެ.

މިއީ އޮގަސްޓް 2021 ގައި ދެކުނު އެޓްލާންޓިކް ކަނޑުގައި ރިކޯޑް ކުރެވުނު ބިންހެލުމުގެ ފަހުން ދުނިޔޭގައި ރެކޯޑްކުރެވިފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ.

އަދި މިއީ 1999 ވަނަ އަހަރު އިސްތަންބޫލް ކައިރީން މަރްމަރާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި 17،000 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން އެ ގައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.