ތުރުކީގައި ކުއްލި ހާލަތު އިއުލާން ކޮށްފި

މިއީ 1999 ވަނަ އަހަރު އިސްތަންބޫލް ކައިރީން މަރްމަރާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި 17،000 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން އެ ގައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ.

ބިންހެލުމުގެ ސަބަބުން ގެދޮރާއި އާއިލާ ގެއްލިފައިވާ މީހަކު ހިތާމާގައި: މަރުވި މީހުންގެ އަދަދު މިހާރު ވަނީ 5،000 ހުރަސްކޮށްފައި

ސީރިއާ ބައެއް ވެސް ހިމެނޭ ގޮތަށް ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ކާރިސާގެ ހާލަތެއް މެދުވެރިވެފައި ވާތީ ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި އެވެ.  

ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކުރެއްވީ ތިން މަސް ދުވަހަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު ދަމާފައި ވަނީ އެ ގައުމުގެ 10 ސިޓއަކަށެވެ. އެއީ ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި އެންމެ ގިނަ ބަޔަކު މަރުވެފައިވާ ސިޓީތަކެވެ. ރައީސް އުރުދުޣާން ވަނީ އެ ސަރަހައްދުތަކުގެ ބައެއް ހައްގުތަކާއި މިނިވަންކަން ހަނިކޮށް ސަސްޕެންޑް ކުރައްވާފަ އެވެ.

ރައީސް އުރުދުޣާން ވިދާޅުވީ މުޅިން ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 5،300 ހުރަސް ކޮށްފައިވައިރު އެ ގައުމުން މީހުންގެ އަދަދު މިހާރު 3549 އަށް އަރާފައިވާ ކަމަށެވެ. 

ބިންހެލުމުގެ ގެދޮރާއި ދިރިއުޅުން ގެއްލިފައިވާ ތުރުކީގެ އާއިލާއެއް

ބިންހެލުންތަކަށް ފަހު ސަލާމަތީ ފަރާތްތަކުން މިހާރު ކުރަމުންދާ މަސައްކަތް ވެފައި ވަނީ ވަގުތާ ދެކޮޅަށް ކުރާ ހަނގުރާމަކަށެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ ގަދަ ފިންޏާއި ބޯ ވާރޭގައި ޖެހިފައިވާ ގިނަ މީހުން ސަލާމަތް ކުރުމުގެ އުންމީދު ކުޑަވެފައި ވެއެވެ. 

އދ. ގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ދިމާވެފައި ވަނީ ކާރިސާއެއް ކަމަށައި ބިންހެލުމުގެ ގެއްލުންތައް ދުވަހެއް ދުވަހަކަށް ހާމަވަމުން ދިޔަ ވަރަކަށް މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާ ކަމަށެވެ. މި ކާރިސާގެ ތެރޭގައ އެތައް ހާސް ކުޑަކުދިން މަރުވެދިއުމުގެ ބިރު އޮތް ކަމަށް ވެސް އެ ޖަމިއްޔާގެ އޮފިޝަލުން ވިދާޅުވެ އެވެ. 

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ޓީމްތަކުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މަރުވި މީހުންގެ އަދަދު އުފުލެމުން ދާއިރު 5،600 އަށް ވުރެ ގިނަ އިމާރާތް ވެއްޓި ބިމާހަމަވެއި ވެއެވެ. އަދި ވަރަށް ބޮޑަށް މޫސުން ގޯސްވުމާއެކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށި ވެފައިވާ އެތަކެއް ހާސް ބަޔަކު ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައި ވެއެވެ.

އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކުޑަވެފައި ވަނީ ފިނި ބާރު ކަމުންނާއި ބިންހެލުން އައި ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެސް ވެހެމުންދާތީ އެވެ. 

ތުރުކީއަށް މި ފަހަރު ފުރަތަމަ ބިންހެލުން އައީ ރިކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުމުގަ އެވެ. އެ ބިންހެލުމުގައި އިމާރާތްތައް ވެއްޓި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 7.6 ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އައެވެ. މިއީ އޮގަސްޓް 2021 ގައި ދެކުނު އެޓްލާންޓިކް ކަނޑުގައި ރިކޯޑް ކުރެވުނު ބިންހެލުމުގެ ފަހުން ދުނިޔޭގައި ރެކޯޑްކުރެވިފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ.

އަދި މިއީ 1999 ވަނަ އަހަރު އިސްތަންބޫލް ކައިރީން މަރްމަރާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި 17،000 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން އެ ގައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.