ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ފެށީ އަބްދުﷲ ހަމީދުގެ ހަނދާނުން

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިހް

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ފެށުމުގައި މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ހަނދާން އާ ކޮށްފި އެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި އަބްދުﷲ ހަމީދުގެ ހަނދާން އާކުރައްވަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

"އަލްއުސްތާޒް ހަމީދު ވަނީ ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާ ވަރަށް ގިނަ މަގާމުތައް ފުރުއްވާފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދު

އަބްދުﷲ ހަމީދު ފުރުއްވި ބައެއް މަގާމުތައް:

  • 1.ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން، ނާއިބު ރައީސްކަން، ރައީސްކަން
  • 2.ފާދިއްޕޮޅު އަތޮޅުވެރިކަން
  • 3.ޕްރޮވިންޝަލް އެފެއާޒް މިނިސްޓަރުކަން
  • 4.އެޑިއުކޭޝަން މިނިސްޓަރުކަން
  • 5.އެޓޯލްސް މިނިސްޓަރުކަން
  • 6.ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަޖިލީހުގެ ރައީސްކަން

އަބްދުﷲ ހަމީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެއްބަފާ ބޭބޭފުޅެވެ.. އަދި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ. 

މައުމޫންގެ ވެރިކަން 2008 ގައި ބަދަލުވުމަށްފަހު ހަމީދު ގިނަ ދުވަސްތަކެއް އުޅުއްވީ ސްރީލަންކާގަ އެވެ. އޭގެ ފަހުން އެނބުރި މާލެ ވަޑައިގަތީ 2013 ވަނަ އަހަރު އެވެ. އެ މަނިކުފާނުގެ ހިދުމަތްތައް ފާހަގަކޮށް، ދިވެހި ސަރުކާރުން ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު އަރުވާފައެވެ. އަވަހާރަވީ 18 އޯގަސްޓު 2015 ވަނަ ދުވަހުއެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.