ޓޮޓެންހަމްއަށް ބޮޑު މޮޅެއް، ކޭން އަށް ރިކޯޑެއް

ރޭގެ މެޗުގައި ސިޓީއަށް ވެސް މޮޅުވާން ފުރުސަތުތަކެއް ލިބުނެވެ. އެފަދަ އެއް ފުރުސަތެއްގައި ރިޔާދު މަހްރޭޒް ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައި ވެއެވެ.

ރިކޯޑް ލަނޑަށް ފަހު ހެރީ ކޭން އުފަލުން ދުވަނީ: އޭނާ ވަނީ ކްލަބް ރިކޯޑް މުގުރާލުމާއެކު ޕްރިމިއާ ލީގުގައި 200 ގޯލު ހަމަކޮށްފައި

ޓޮޓެންހަމަށް ރޭ އެ ޓީމްގެ ހެޑް ކޯޗް އެންޓޯނިއޯ ކޮންޓޭއާ ނުލައި ބޮޑު މޮޅެއް ހޯދައިފި އެވެ. އަދި އެ ޓީމާއި އިނގިރޭސި ކެޕްޓަން ހެރީ ކޭން ރޭ ވަނީ ކްލަބް ރިކޯޑެއް ވެސް މުގުރާލާފަ އެވެ. ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ ޓޮޓެންހަމް މޮޅުވީ 1-0 އިން ނެވެ.

ރޭގެ މެޗުގައި އައި ހަމައެކަނި ގޯލު ޖެހީ ހެރީ ކޭން އެވެ. މެޗް ފަށައިގެން 15 ވަނަ މިނެޓްގައި ހެރީ ކޭން ޖެހި ގޯލާ ހަމައިން ޓޮޓެންހަމްގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާއަށް ކޭންވީ އެވެ. މި ލަނޑާއެކު އޭނާ ޓޮޓެންހަމަށް އަށް ޖަހައިދިން ލަނޑުގެ އަދަދު 267 ގޯލާ ހަމަވެ ކްލަބް ރިކޯޑެއް މުގުރުނީ އެވެ. ކުރީން އެ ރިކޯޑް އޮތީ ޖިމީ ގްރީވްސް އަށެވެ. އަދި ކޭން ކާމިޔާބުކުރި ގޯލަކީ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި 200 ވަނަ ގޯލެވެ. އޭނާއަށްވުރެ ކުރީގައި އޮތީ އެލަން ޝިއަރާ އާއި ވޭން ރޫނީ އެވެ. 

މި މޮޅާއެކު ޓޮޓެންހަމް އޮތީ 39 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ. ރޭ ޓޮޓެންހަމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އެއީ ފަހު ހާފު ނިމެން ދަނިކޮށް ދެވަނަ ރީނދޫ ކާޑާއެކު ކްރިސްޓިއަން ރޮމޭރޯ އަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެނެވެ.

ރޭގެ މެޗުން މޮޅުވެގެން ލީގް ލީޑަރު އާސެނަލްއާ ދެ ޕޮއިންޓާއި ގާތަށް ޖެހިލާނެ ފުރުސަތެއް ސިޓީއަށް އޮތެވެ. ނަމަވެސް ބަލިވުމުން އެ ފުރުސަތު މިވަގުތަށް ގެއްލުނީ އެވެ. 

ރޭގެ މެޗުގައި ސިޓީއަށް ވެސް މޮޅުވާން ފުރުސަތުތަކެއް ލިބުނެވެ. އެފަދަ އެއް ފުރުސަތެއްގައި ރިޔާދު މަހްރޭޒް ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައި ވެއެވެ. އެކަމަކު ރޭގެ މެޗުގައި އެ ޓީމްގެ ހާލެންޑަށް މާ ބޮޑު ކަމެއް ކުރެވޭ ގޮތެއް ނުވި އެވެ. އޭނާ ހުރީ މުޅީ ބާކީވެފައި ހުރި ކުޅުންތެރިއެއްގެ ގޮތުގައި މާޔޫސްކަން ބޮޑު ކޮށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.