މާލެ ރައްޔިތުން ގޯތީގެ އާ ވާހަަކައެއް ؛ ގޯތި އިތުރު ކުރަން ނިންމައިިފި

މާލެ ސަރަހައްދުން 5،000 ގޯތި ދޭނެ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ. މިހާރު ވަނީ މި އަދަދު އިތުރު ކުރަން ނިންމާފަ އެވެ. ނަމަވެސް އިތުރު ކުރާ އަދަދެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ދޫކުރާ ސަރަހައްދު: މާޗުގައި ގޯތި ލިބޭ މިހުންގެ ލިސްޓު އާންމުކުރަން ވަނީ ނިންމާފައި -- އެޗްޑީސީގެ ފޮޓޯއެއް

މިދިޔަ އަހަރު މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ދޭނެ ވާހަކަފުޅު އިއުލާނު ކުރެއްވި އެވެ. އަދި މިއަދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން އާ ވާހަކަފުޅެއްގެ ގޮތުގައި މި ގޯތިތަކުގެ އަދަދު އިތުރު ކުރައްވާނެކަން އިއުލާނު ކުރައްވައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރިޔާސީ ޓިކެޓު ލިބިލެއްވިތާ މަހެއް ނުވަނީސް ރައްޔިތުން މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރު މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ދެންނެވި ވާހަކަފުޅުން ސަރުކާރުން ހިފި އަމާޒުގާ އެއްވެސް ކަސިޔާރު ކަމެއް ނެތް ކަަމަށެވެ. 

ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް އިމާރާތެއް ނިންމާ ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މި އަހަރު ވެގެންދާނެ ކަމަށާ އެ ފްލެޓް ތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަފާތު ފްލެޓްތަކަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސްގެ މިއަދު ވިދާޅުވީ ކީކޭ؟ "ދަންނަވަން އޮތް އާ ވާހަކައަކީ ކުރިން ދޭނެ ކަމަށް ދެންނެވި އަދަދަށް ވުރެ މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ

ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20.697 އެޕްލިކޭޝަން ހުށަހެޅި ކަމަށާ، މީގެތެރޭގައި ގޯތި ހޯދުމަށް 15،164 އެޕްލިކޭޝަން ހުށަހެޅި އެވެ. 

"މި އެޕްލިކޭޝަންތައް މިހާރު މިދަނީ ޕްރޮސެސްކުރަމުން . މިއަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން،" ރައީސް ވިދާޅުވި އެވެ. 

ރިޔާސީ ބަޔާނުން ބޯހިޔާވަހިކަމުގެ ނަމްބަރުތައް

  •  ޖެނުއަރީގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 576 އެޕްލިކޭޝަން
  •  ލޯނުގެ 55 ޕަސެންޓް ވަނީ އެޕްރޫވް ކުރެވިފަ
  •  249 ފަރާތްތަކާއެކު ލޯނު އެއްބަސްވުން ހެދިފައި
  •  އަތޮޅުތެރޭގައި އަޅާ 566 ހައުސިން ޔުނިޓު މެއިމަހު ނިމޭނެ
  •  އިތުރު 2200 ހައުންސިން ޔުނިޓު އަތޮޅުތެރޭ ދަނީ އަޅަމުން

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ މީހުން ލިސްޓު އަންނަ މަހު އާންމު ކުރާނެ ކަމަށް މި މަސައްކަތް ހަވާލުކޮށްފައިވާ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފަ އެވެ. މި ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތިދޭ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ކުރަން ފަށާފަ އެވެ. އެޗްޑީސީ އިން ބުނެފައި ވަނީ ގޯތި ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެގޮތުން އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މާލެ ސަރަހައްދުން ދޭ 5000 ގޯތި

  • 1.ހުޅުމާލޭން 1000 ގޯތި
  • 2.ގުޅިފަހުން 2000 ގޯތި
  • 3.ގިރާވަރު ފަޅުން 2000 ގޯތި

ސަރުކާރުން ކުރިން ވަނީ މި ދައުރުގެ ތެރޭގައި 20،000 ފްލެޓު އަޅާނެ ކަމަށް ބުނެފަ އެވެ. މާލެ ސަރަހައްދުގައި އިންޑިއާގެ ލޯނުގެ ދަށުން ފްލެޓު އެޅުމުގެ މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު އަމިއްލަ ފަރާތްތަކުންވެސް ފްލެޓުގެ މަަޝްރޫއުތަކެއް ކުރިއަށް ގެންދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.