އެމްއެސްއީ އިން ބުނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް ޑޮނޭޝަންތަކަށް ހުޅުވާލައިފައިވާނެ ކަމަށެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަށް ހަދިޔާކުރުމަށް ފަންޑް ރެއިޒިން އިވެންޓެއް ފަށައިފި އެވެ.
އެމްއެސްއީ އިން ފަންޑް ރެއިޒިން އިވެންޓް ލޯންޗުކޮށްފައި ވަނީ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ އިވެންޓްގެ ތެރެއިންނެވެ.
މި އިވެންޓްގައި އެމްއެސްއީގެ ސްޓޯލެއް ބަހައްޓާފައިވެ އެވެ. މި ސްޓޯލްގައި ކުޑަކުދިންނަށް ހާއްސަކޮށްގެން އެކިކަހަލަ ގޭމްތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެމްއެސްއީ އިން ބުނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް ޑޮނޭޝަންތަކަށް ހުޅުވާލައިފައިވާނެ ކަމަށެވެ.
ޑޮނޭޝަންގެ ގޮތުގައި ލިބޭ ފައިސާ ކެންސާ ސޮސައިޓީއާ ހަވާލުކުރުން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު އެމްއެސްއީ އަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ގާލާ އިވެންޓްގަ އެވެ.
އެމްއެސްއީ އިން ބުނެފައި ވަނީ މި ޕްރޮގްރާމް ހިންގަން ނިންމީ އެމްޖީއޯތަކަށް އެހީވުމަށް އިސްކަން ދިނުމަށް މިއަހަރު އެކުލަވާލައިފައިވާ ޓައިމްލައިންގެ ތެރެއިން ކަމަށެވެ.