އާސެނަލް އާއި ލިވަޕޫލަށް ވެސް ބައްޔެއް

މިހާރު ޓޭބަލް އޮތް ގޮތުން ވެސް އާސަނެލްއަށް ލީގް ލީޑަރު ކަމެއް ނުގެއްލެ އެވެ. އާސެނަލް ވަނީ 20 މެޗުން 50 ޕޮއިންޓް ހަމަކޮށްފަ އެވެ.

ލިވަޕޫލްގެ ކުޅުންތެރިންގެ ބަލިވަމުން ދިޔަ ދަނޑިވަޅު ދަނޑުމަތީގައި މަޝްވަރާ ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް އެވަޓަން އިން ލީގް ލީޑަރު އއާސެނަލް ބަލިކޮށް މުހިންމު ތިން ޕޮއިންޓް ހޯދައިފި އެވެ. 

އަނެއްކޮޅުން ކުޅުންތެރިންގެ ފޯމް ގެއްލި އެކުލެވުން ނެތިފައި މިޑް ޓޭބަލަށް ދަތުރު ކުރަމުންދާ ލިވަޕޫލް ވެސް ރޭ ލަދުގަންނަ ނަތީޖާއަކުން ވުލްވުސް އަތުން ބަލިވެފައި ވެއެވެ. 

ހުރިހާ ގޮތަކުން ފުރިހަމަކޮށް މިވަގުތު އޮތް އާސެނަލް އެވަޓަންގެ ގުޑިސަން ޕާކްގައި އެވަޓަން އަތުން ބަލިވީ 1-0 އެއްގެ ނަތީޖާއިންނެވެ. މިއީ ސީޒަންގައި އާސެނަލްގެ ދެވަނަ ބައްޔެވެ. 

އެވަޓަން އަށާއި އާ ކޯޗަށް މުހިންމު މޮޅެއް ހޯދައިދީނީ ޑިފެންޑަރު ޖޭމްސް ޓަރްކޯސްކީ ޖަހައިދިން ގޯލުންނެވެ. އަނެއްކޮޅުން ވުލްވްސް އަތުން ލިވަޕޫލް ބަލިިވީ ހަޑި ގޮތަކަށް 3-0 އިންނެވެ.

މިހާރު ޓޭބަލް އޮތް ގޮތުން ވެސް އާސަނެލްއަށް ލީގް ލީޑަރު ކަމެއް ނުގެއްލެ އެވެ. އާސެނަލް ވަނީ 20 މެޗުން 50 ޕޮއިންޓް ހަމަކޮށްފަ އެވެ. 

އާސެލް އަތުން މޮޅުވެމުން ވެސް އެވަންޓަން އަށް އަދި ހަމަވީ 18 ޕޮއިންޓެވެ. އެހެންވެ އަދިވެސް އޮތީ 18 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ. މިހާރު ލިވަޕޫލް އޮތީ ޓޭބަލްގެ 10  ވަނައިގަ އެވެ.

ރޭ ވެސްޓްހޭމް އަތުން މޮޅު ނުވެވުނުން ނިއުކާސަލް ދަމަހައްޓަމުން އައި ތިން ވަނަ މަގާމު ގެއްލި އެ މަގާމަށް ރޭ އުނދަގޫ މޮޅެއްވި މެން ޔުނައިޓެޑް ވަނީ ޖެހިލާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.