ޝައިހު ފަޒުލޫން މިނިވަން ކުރަން އަމުރުކޮށްފި

ހައްޔަރުކޮށް ބަންދު ޖަހަމުން ދިޔަ ޝައިހު ފަޒުލޫން މިނިވަންކޮށްފި އެވެ. ޝައިހު ދޫކޮށްލާފައި ވަނީ ޝަރުތައް ކުރިމަތި ކުރުވުމަށްފަހު އެވެ.

ޔޯގާ އިވެންޓަށް ފަހު ހައްޔަރު ކުރި ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޝައިހު ފަޒްލޫން ބިން މުހައްމަދު

މިދިއަ ޖޫން 21 ގެ ޔޯގާ އިވެންޓްގެ ހަމަނުޖެހުމަށް ފަހު ސަރުކާރުން ތުހުމަތުތައް ކުރުމާއެކު ފުލުހުން ހައްޔަރުކޮށް ބަންދު ޖަހަމުން ދިޔަ ޝައިހު ފަޒުލޫން ބިން މުހައްމަދު މިނިވަން ކުރަން ކޯޓުން އަމުރު ކޮށްފި އެވެ. ޝައިހު ދޫކޮށްލަން އަމުރު ކުރީ ޝަރުތައް ކުރިމަތި ކުރުވުމަށް ފަހު އެވެ.

ޝައިހް ފަޒްލޫން ދޫކޮށްލާފައި މިވަނީ ފުލުހުންގެ ބަންދުގައި މަސް ދުވަހު ބެހެއްޓުމަށް ފަހު އެވެ.

ފަޒްލޫން ދޫކޮށްލުމަށް ކުރި އަމުރުގައި ބުނެފައި ވަނީ މާލެއިން ބޭރަށް ދާނަމަ އަދި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެކަން އެނގުމަށެވެ. އަދި އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ވެސް އަންގާފައިވެއެވެ.

ޔޯގާ ދުވަހު އަޑުއުފުލި މީހުންގެ ތެރޭގައި އިސްކޮށް ތިއްބެވީ ޝެއިހް އާދަމް ނިޝާން އާއި ޝެއިހް ފަޒްލޫނެވެ. އެ ދެ ބޭފުޅުން ހައްޔަރު ކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައެވެ. ޝެއިހް ފަޒްލޫން ހައްޔަރު ކުރީ މަގުރިބު ނަމާދުން ވަޑައިގަންނަ ވަނިކޮށެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަނުޖެހުންތަކުގައި ދެ އިލްމުވެރީންފެ ދައުރު ބޮޑެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯތަކުން ހަމަނުޖެހުން ހުއްޓުވަން ދެ ބޭފުޅުން މަސައްކަތް ކުރަައްވާ މަންޒަރު ފެނެއެވެ. އަދި ބައެއް މީހުން ހަމަނުޖެހުންތަކުން ދުރުކުރެއެވެ. ބަޔަކު ގަލޮޅު ދަނޑަށް ވަދެގަތުމުން އިހުތިޖާޖު ނިމުނީ ކަމަށް އިއުލާނުކޮށް ދެ ބޭފުޅުން އެ ސަރަހައްދުން ވަޑައިގަންނަވަ އެވެ.

އިލްމުވެރީން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރަމުންދާތީ އިލްމުވެރީންނާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށް އޮވެއެވެ. ޝެެއިހް ނިޝާންގެ ބަންދަށް ވަނީ އިތުރު 16 ދުވަސް ވަނީ ޖަހާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.