މި ސަރުކާރާއެކު ރައްޔިތުން ބިކަވެ އިތުރަށް މާޔޫސްވެއްޖެ: ނާޒިމް

"މީގެ ފަސް އަހަރު ކުރީން ލިބުނު ފުރުސަތުގެ ބޭނުން ކޮށްގެން ލީ ވޯޓުން އަޅުގަނޑުމެންނަށް ލިބުނު މާ ބޮޑު ނަތީޖާއެއް ނެތް. އަޅުގަނޑުމެންވީ ބިކަ. އަޅުގަނޑުމެން ވީ މާޔޫސް. އަޅުގަނޑުމެން ހޭދަކުރަން ޖެހުނީ ނިކަމެތި ދުވަސްތަކެއް،"

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް: ސަރުކާރަށް ފާޑުވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރަން ލިބޭ ފުރުސަތުގައި ރަނގަޅު ގޮތް ނިންމުން ވަރަށް މުހިންމު ކަމަށާ މީގެ ފަސް އަހަރު ކުރީން ލިބުނު ފުރުސަތުގައި ރައްޔިތުން ލީ ވޯޓުން އުންމީދު ކުރި ނަތީޖާއެއް ނުފެނުނު ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ "ރައްޔިތުންގެ އުދާސް" ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވަނީ ރިޔާސީ އިންތިހާބުގެ ވޯޓްގައި ރަނގަޅު ގޮތް ނިންމުން ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ. މީގެ ފަސް އަހަރު ކުރީން ރާއްޖެ އޮތް ހާލަތު ބަދަލު ކުރަން ރައްޔިތުން ނިކުމެ ވޯޓް ދިނީ ވަރަށް ބޮޑު އުންމީދަކާއެކު ކަމަށާ ނަމަވެސް އެ އުންމީދުތަކުގައި ކުލަ ނުޖެހުނު ކަމަށެވެ. އޭގެ ބަދަލުގައި ހޭދަ ކުރަން ޖެހުނީ އަނެއްކާވެސް ހިތްދަތި ދުވަސްތަކެއް ކަަމަށް ވިދާޅުވިއެވެ.

"މީގެ ފަސް އަހަރު ކުރީން ލިބުނު ފުރުސަތުގެ ބޭނުން ކޮށްގެން ލީ ވޯޓުން އަޅުގަނޑުމެންނަށް ލިބުނު މާ ބޮޑު ނަތީޖާއެއް ނެތް. އަޅުގަނޑުމެންވީ ބިކަ. އަޅުގަނޑުމެން ވީ މާޔޫސް. އަޅުގަނޑުމެން ހޭދަކުރަން ޖެހުނީ ނިކަމެތި ދުވަސްތަކެއް،"

ނުފޫޒު ފޯރުވަނީ އިންތިހާއަށް

ނާޒިމް ވަނީ ނިމިގެންދިޔަ އިންތިހާބުތަކުގައި ހިންގާ ދިޔަ ކަންކަމުން ކުރިޔަށް މިއޮތް އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ވާނެކަމާމެދު ސުވާލު އުފައްދަވާފައެވެ. އަދި މިނިވަން ކަމާއެކު ވޯޓް ދެވޭނެ އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަނާއި މިނިވަން މުއައްސަސާތަކުން މަސައްކަތް ކޮށް ދެއްވުމަށް ގޮވާލެއްވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި ސަރުކާރު ވަނީ ހައްދުފަހަނަ އަޅާ ގޮސްފައެވެ. އެކަން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީންވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ. ދެ އިންތިހާބުގައިވެސް ސަރުކާރުގެ ވަަސީލަަތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުން ކުރުމުގައި ހައްދެއް ނެތް ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުން ނަހަމަ ގޮތުގައި ބޭނުން ނުކުރާ ކަމެއް ނެތް. ނުވާ ވައުދެއް ނެތް. ކިހިނެތްތޯ މި ފެންވަރުގައި އަޅުގަނޑުމެންނަށް އިންތިހާބުތަކުގައި ވާދަކުރާނީ،"

ނާޒިމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ސަރުކާރުން ނުފޫޒާއި ބާރުގެ ބޭނުން ކުރި މިންވަރު ފެނި ކޮސްކޮށްލި އެވެ. ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރަމުންދިޔައީ ކަންބޮޑުވާން ޖެހޭ މިންވަރަށް ކަމަށް ވިދާޅުވިއެވެ. އަދި މިއަދު ކުރަން ޖެހިފައިވާ އެންމެ ބޮޑު މަސައްކަތަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

"ލޯންޗު ފަހަރުން ފެށިގެން މުވައްޒިފުންނާއި ހަމައަށް ދިޔައީ ބޭނުން ކުރަމުން،"

މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރު ކުރުމަށްޓަކައި އިންތިހާބުތަކާ ގުޅޭ ހާނޫނުތައް އިސްލާހު ކުރުމަށް އެމްއެންޕީގެ ފަރާތުން އަންނަ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

1
450
އަލީ
1 year ago

😂😂😂

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.