ބޮޑު އަގު ދީފައި ނިއުކާސަލްއިން ގޯޑަން ގެންގޮސްފި

ގޯޑަން އެވަޓަން ދޫކޮށް ދާން ނިންމީ އެވަންޓަންގެ ފޯމް ގެއްލުމާއި އެ ޓީމްގެ ލީގުގެ ތިރިއަށް ސޮއްސައިލުމުގެ އިތުރުން ގޯޑަން އަށް ފުރުސަތު ދެމުން އައި ކޯޗް ފްރެންކް ލަމްޕާޑް މަގާމުން ދުރު ކުރުމުންނެވެ.

އެވަޓަން އިން ނިއުކާސަލް އަށް ބަދަލުވި ގޯޑަން: މިހާރު ޕްރިމިއާ ލީގުގައި ތިންވަނައަށް އެންމެ ހަލުއި ކަމަށް ރިކޯޑް ކުރެވިފައިވާ ކުޅުންތެރިޔާ

ޕްރިމިއާ ލީގްގެ އެވަޓަންގައި މޮޅަށް ކުޅެމުން އައި ދުވެލި ބާރު އަދި ލަނޑު ޖެހުމުގައި ވިދަމުން އަންނަ އެންތަނީ ގޯޑަން ނިއުކާސަލް ޔުނައިޓެޑަށް ބަދަލު ވެއްޖެ އެވެ. 

ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ކުރީން ހީކުރެވިފައި އޮތީ އެންތަނީ ގޯޑަން ބަދަލު ވާނީ ޗެލްސީއަށް ކަމަށެވެ. ސަބަބަކީ ޗެލްސީން ކުރިންސުރެ ގޯޑަން އަށް ފާރަލަމުން ގެންގޮސްފައިވާތީ އެވެ. ނަމަވެސް ނިއުކާސަލް އަށް ދިމާވެފައިވާ ލަނޑު ޖެހުމުގެ މައްސަލަ ހައްލު ކުރުމަށް އެ ކްލަބުން ގޯޑަންގެ ސޮއި ހޯދީ 46 މިލިއަން ޔޫރޯގެ ފީއެއް ދީފަ އެވެ.

އުމުރުން 21 އަހަރުގެ އިނގިރޭސި ފޯވާޑް މި ސީޒަންގައި މިހާތަނަށް 16 މެޗް ކުޅެފައިވާއިރު ތިން ގޯލް ޖަހާފައި ވެއެވެ. އަދި ގިނަ ގޯލްތަކެއްގައި އެސިސްޓް ވެފައި ވެއެވެ. ވޯލްޑް ކަޕަށް ގަތަރަށް ދިޔަ އިނގިރޭސި ޓީމުގައި ނުހިމެނުނު ނަމަވެސް އޭނާ ވެފައި ވަނީ މިފަހުން އުފެދުނު އެންމެ ސްޕީޑް ހަލުއި އަދި ބޯޅަ ގޯލަށް ވައްދާލުމުގައި އެންމެ ކުޅަދާނަ އެއް ޒުވާން ފޯވާޑަށެވެ. 

ސައުދީން ނިއުކާސަލް ގަތުމަށް ފަހު ހޯދި ކުޅުންތެރިން

  •  އިސާކު: ރިއަލް ސޮސައިޑާޑް - 70 މިލިއަން
  •  އެންތަނީ ގޯޑަން: އެވަންޓަން 45.5 މިލިޔަން
  •  ބުރުނޯ ގްމިރެޒް: ލިއޯން - 42.1 މިލިއަން
  •  ސްވެން ބޯޓްމަން: ލިއްލޭ -37 މިލިއަން
  •  ކްރިސްވުޑް: ބާންލޭ - 30 މިލިއަން
  •  މެޓް ޓާގެޓް: އެސްޓަން ވިލާ - 17.5 މިލިއަން
  •  'ޑޭން ބާން: ބްރައިޓަން - 15 މިލިއަން
  •  ކެވިން ޓްރިޕިއާ: އެތުލެޓިކޯ މެޑްރިޑް - 14 މިލިއަން
  •  ނިކް ޕޯޕް: ބާންލޭ - 11.5 މިލިއަން
  •  ގަރޭންގް ކޯލް: ސެންޓްރަލް ކޯސްޓް - 0.4 މިލިއަން

ގޯޑަން އެވަޓަން ދޫކޮށް ދާން ނިންމީ އެވަންޓަންގެ ފޯމް ގެއްލުމާއި އެ ޓީމްގެ ލީގުގެ ތިރިއަށް ސޮއްސައިލުމުގެ އިތުރުން ގޯޑަން އަށް ފުރުސަތު ދެމުން އައި ކޯޗް ފްރެންކް ލަމްޕާޑް މަގާމުން ދުރު ކުރުމުންނެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ހުވަފެން ގޯޑަން ވަރަށް ބޮޑަށް ދެކެމުން ދިއުން ވެސް އެއީ ސަބަބެކެވެ. ގޯޑަން ހުރީ ބޮޑު ކްލަބަކަށް ދާން ބޭނުން ވެފައެވެ.

ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމްގެ މަސްލަހަތު އޮންނަ ގޮތަށް ނިއުކާސަލް ގަނެ ކްލަބް ވަރުގަދަ ކުރުމަށް ފަހު ގިނަ ކުޅުންތެރިންތަކެއް ބޮޑު އަގުގައި މިހާތަނަށް ވަނީ ނިއުކާސަލް އަށް ހޯދާފާ އެވެ. އޭގެ ފަހުން މި ސީޒަނުގައި ކޯޗް އެޑީ ހޯވީއާއެކު ނިއުކާސަލް. މިވަގުތު އޮތީ ޓޭބަލް ގެ ތިންވަނައިގައި ގަދަ ބާރަކަށް ވެގެނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.