އޮފީސް އެކުވެނި "އުމަރު ޒާހިރު އޮފީސް" ބޭނުން ކުރަން ފަށައިފި

މި އޮފީސް އިމާރާތަށް "އުމަރު ޒާހިރު ބިލްޑިން" ނުވަތަ "އުމަރު ޒާހިރުގެ ހަނދާނީ އިމާރާތް" ނުކިޔާ "އުމަރު ޒާހިރު އޮފީސް" އެކަނި ކިޔާފައިވާތީ ބައެއް ފަރާތްތަކުން ފާޑު ކިޔައެވެ.

އުމަރު ޒާހިރު އޮފީސް

ރަސްމީކޮށް ނުހުޅުވި ނަމަވެސް "އުމަރު ޒާހިރު އޮފީސް" ގެ ނަން ދީފައިވާ އާ އޮފީސް އެކުވެނި / ކޮމްޕްލެކްސް ބޭނުންކުރަން ފަށައިފި އެވެ.

ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި މި އޮފީސް އެެކުވެންޏަކީ ޗައިނާ ކުންފުންޏަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއެކެވެ.

މި ސަރުކާރުގެ އެ މަޝްރޫއަށް 185 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އާ އޮފީސް އެކުވެނީގެ ގްރައުންޑާއި ފުރަތަމަ ފަންގިފިލާ ޕާކިން އަށް ހާއްސަ ކޮށްފައި ވާއިރު، 25،000 އަކަފޫޓުގެ ޖާގަ ހުންނަ އޮފީސް އެކުވެންޏަށް މިހާރު ބައެއް އޮފީސްތައް ބަދަލުވާން ފަށާފައި ވެއެވެ.   

  •  ދެވަނަ ފަންގިފިލާ: ޖެންޑާ މިނިސްޓްރީ
  •  ތިންވަނަ ފަންގިފިލާ: ޓްރާންސްޕޯޓް މިނިސްޓްރީ
  •  ހަތަރުވަނަ ފަންގިފިލާ: އެމެރިކާ އެމްބަސީ
  •  ފަސްވަނަ ފަންގިފިލާ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
  •  ހަވަނަ ފަންގިފިލާ: މީޓިން ރޫމާއި ސެމިނާ ރޫމް އަދި ޓެރަސް

މި އޮފީސް އިމާރާތަށް "އުމަރު ޒާހިރު ބިލްޑިން" ނުވަތަ "އުމަރު ޒާހިރުގެ ހަނދާނީ އިމާރާތް" ނުކިޔާ "އުމަރު ޒާހިރު އޮފީސް" އެކަނި ކިޔާފައިވާތީ ބައެއް ފަރާތްތަކުން ފާޑު ކިޔައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.