ވާދަވެރީން ކުރަނީ އަސާސެއް ނެތް ތުހުމަތުތަކެއް

ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި މިނިވަން ޑިމޮކްރެޓިކް ދެފުށްފެންނަ އިންތިހާބީ އުސޫލްތަށް ރާއްޖެއަށް ތައާރަފް ކުރި ޕާޓީއަކީ އެމްޑީޕީ ކަމަށާ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ގަޑުބަޑު ކުރުމަކީ އޮތް ފުރުސަތެއް ނޫންކަން އެނގިތިބެ ވާދަވެރި ކެންޑިޑޭޓުގެ ފަރާތުން އެއްވެސް އަސާސެއްނެތި އެފަދަ ތުހުމަތާ އިލްޒާމް އެޅުވުމަކީ ހިތާމަކުރާ ކަމެއް ކަމަަށްވެސް ބަޔާނުގައިވެއެވެ.

މަސް ދުވަހަށް ކުރިއަށް ގެންދިޔަ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމުމުގެ ގޮތުން މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި އިވެންޓް

އެމްޑީޕީގޭ އެތެރޭގެ އިންތިހާބެއް ގަޑުބަޑު ކުރުމަކީ އޮތް ފުރްސަތެއް ނޫންކަން އެނގިތިބެ ވާދަވެރި ކެންޑިޑޭޓް --ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން އެއްވެސް އަސާސެއްނެތި ތުހުމަތާ އިލްޒާމް އެޅުވުމަކީ ހިތާމަކުރާ ކަމެެއް ކަމަަށް އެމްޑީޕީގެ އިސް ލީޑަރު / ރައީސް އިބްރާހިމް މުހައްމަސު ސޯލިހްގެ ކެމްޕެއިން ޓީމުން ބުނެފި އެވެ.

މާދަމާގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދެވެ.

ޕްރައިމަރީގެ ވޯޓަށް ގަޑި ގުނެމުންދާއިރު އިންތިހާބަށް ނުފޫޒު ފޯރުވަން އެތައް ކަމެއް ކުރަމުންދާ ކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެ އެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ޕާޓީގެ އެންމެހާ ހަމަތަކާ އުސޫލްތަށް ނަގަހައްޓާ ފުރިހަމަ ޑިމޮކްރެޓިކް އިންތިހާބަކަށް ހެދުމަށް ކެންޑިޑޭޓް ނަމްބަރު ދޭއް -- ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކެމްޕޭން ޓީމްތަކަށާއި އެންމެހާ ސަޕޯޓަރުންނަށް އިރުޝާދު ދެއްވާފައި ކަމަަށެވެ. އަދި އެތެރޭގެ މި އިންތިހާބަށް ފަހު މުޅި ޕާޓީ އެކުގައި ކުރިއަށް ގޮސް މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ޒާތީ ތަައައްސަބާއި އެކަށީގެންނުވާ ބަހުރުވައާ ޒުވާބާ ޖަދަލުގެ ތެރެއަށް ނުވެއްޓި ކެމްޕޭނުގައި ދެމިތިބި މެމްބަރުންނަށް ރައީސް ޝުކުރު އަދާކުރާވާ ކަމަަށެވެ.

ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި މިނިވަން ޑިމޮކްރެޓިކް ދެފުށްފެންނަ އިންތިހާބީ އުސޫލްތަށް ރާއްޖެއަށް ތައާރަފް ކުރި ޕާޓީއަކީ އެމްޑީޕީ ކަމަށާ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ގަޑުބަޑު ކުރުމަކީ އޮތް ފުރުސަތެއް ނޫންކަން އެނގިތިބެ ވާދަވެރި ކެންޑިޑޭޓުގެ ފަރާތުން އެއްވެސް އަސާސެއްނެތި އެފަދަ ތުހުމަތާ އިލްޒާމް އެޅުވުމަކީ ހިތާމަކުރާ ކަމެއް ކަމަަށްވެސް ބަޔާނުގައިވެއެވެ.

މިފަދަ ރޭވުންތަކުން އެއްކިބާވެ މިޕްރައިމަރީ ޑިމޮކްރެޓިކް ރޫހުގައި އެއް އަމާޒަކަށް ވާސިލުވުމަށް މަސައްކަތްކޮށް އެމްޑީޕީއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު/ އެންމެ ބަދަހި / އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަން ރާއްޖެ އަށާ ދުނިޔެއަށް ދައްކައިދޭ ފުރުސަތަކަށް މި ޕްރައިމަރީ ހެދުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.