އެމްޑީއެން އުވާނުލާނެ ކަމުގެ ޔަގީންކަން ދެ ފަހަރު ރައީސް ދެއްވި: ޝަހިންދާ

ރައްޔިތުންގެ ޕްރެޝަރާއި ހެދި އެ ޖަމާއަތް އުވާލަން ސަރުކާރުން ނިންމީ ޑިސެންބަރު 19، 2019 ގައެވެ. އެމްޑީއެން އުވާލުމާއި އޭރުގައި ފާޅުގައި ދެކޮޅު ހެއްދެވީ ކުރީގެ ރައީސް ނަޝީދު އެކަންޏެވެ.

ޝަހިންދާ އިސްމާއީލް: އެމްޑީއެންގެ މައްސަލާގައި ރައީސް އަމަލު ކުރެއްވި ގޮތް ކަމަށް ވިދާޅުވެ ޓްވީތަކެއް ކުރެއްވި

ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ލާދީނީ ޖަމާއަތް -- މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާ ނުލާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެ ފަހަރެއްގެ މަތީން ދެއްވާފައިވާ ކަމަށް އެ ޖަމާއަތް ހިންގި، އަދި މިހާރު ވެސް ފާޅުގައި ޖަމާއަތް ހިންގާ ޝަހިންދާ އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓް ނަގާ ވަގުތު ކުޑަތަން ވެފައި ވަނިކޮށް ރައީސް ސޯލިހާއި ދެކޮޅަށް ކުރެއްވި ޓްވީޓެއްގަ އެވެ. ޝަހިންދާ ވިދާޅުވީ އެމްޑީއެން އުވާލުމަށް ދިވެހި ރައްޔިތުން ނިކުމެ ގޮވާލަމުން ދިޔަ ދުވަސްވަރު ސީދާ ރައީސް ސޯލިހްގެ މެސެޖެއް ދިނުމަށް ރައީސް އޮފީހުގެ އިސް ދެ ބޭފުޅަކު އޭނާއަށް ފޯނުން ގުޅުއްވި ކަމަށެވެ. އެއީ ރައީސް އޮފީހުގެ ސެކެޓްރީ އަކާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ވެސް ވިދާޅުވި އެވެ.

އެ ދެ ފަހަރު ވެސް އެމްޑީއެން އުވާ ނުލާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

"ދެ ކޯލުގައި ވެސް ބުނީ އެމްޑީއެން އުވާ ނުލާނެ ކަމުގެ ޔަގީން ކަން ދޭ ކަމަށް. ދެން ބުނީ އުވާލާ ނަމަ 'އެ ދެެވެނީ ތިޔަަ އެންމެން މަރާލަން ކަން އެނގޭ' ކަމަށް،" ރައީސާ ދެކޮޅަށް ޝަހިންދާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ނަމުގައި ލާދީނީ އެމްޑީއެން އިން ނެރުނު ރިޕޯޓްގައި ވަނީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައެވެ. އެ ރިޕޯޓްގެ މައްސަލަ ދިވެހީންގެ ސަމާލު ކަމަށް ގެނައީ ދީނީ އިލްމުވެރީންނެވެ. އެއާއެކު އެ ޖަމާއަތާއި ދެކޮޅަށް ދިވެހި ރައްޔިތުން އެކީ އެކައްޗަކަށް ތެދުވި އެވެ. އެމްޑީއެން އުވާލަން ގޮވާލާ މުޅި ރާއްޖޭގައި މުޒާހަރާ ކުރިއެވެ. ދެތީން ރަށެއްގެ ކައުންސިލުން ނޫނީ ހުރިހާ ރަށެއްގެ ކައުންސިލުން އެ ޖަމާއަތާއި ދެކޮޅަށް ބަޔާން ނެރުނެވެ. މިއީ މިފަދަ ޖަމާއަތާއި ދެކޮޅަށް ދިވެހީން މިވަރަށް އަޑުއުފުލި ފުރަތަަމަ ފަަހަރެވެ.

ރައްޔިތުންގެ ޕްރެޝަރާއި ހެދި އެ ޖަމާއަތް އުވާލަން ސަރުކާރުން ނިންމީ ޑިސެންބަރު 19، 2019 ގައެވެ. އެމްޑީއެން އުވާލުމާއި އޭރުގައި ފާޅުގައި ދެކޮޅު ހެއްދެވީ ކުރީގެ ރައީސް ނަޝީދު އެކަންޏެވެ. ނަޝީދު ވަނީ އެކި ވާހަކަ ދައްކަވާ އެމްޑީއެން ދިފާއު ކުރެއްވޭތޯ ވާހަކަ ވެސް ދައްކަވާފަ އެވެ.

އެމްޑީއެން އުވާނުލާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެ ފަހަރެއްގެ މަތީން ދެއްވާފައިވާ ކަމަށް ޝަހިންދާ ވިދާޅުވެފައި މިވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު ވާދަކުރައްވާ ޕްރައިމަރީ މާދަމާ ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ. ޝަހިންދާ ވަނީ އޭނާ ކުރި ޓްވީޓްތަކުގައި ރައީސާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.