ހަންކެޑެ ފައިސާ ހަމަޖެހިފައި، ޑިޒައިން ވެސް ނެރެފި

ސ. މަރަދުއާ ގުޅިފައި އޮންނަ ހަންކެޑެއަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ޑިސެމްބަރު 2، 2021 ގައި ހަމަޖައްސާފައިވާ ރަށެކެވެ.

ސ. އަތޮޅު ހަންކެޑެ ތަރައްގީ ކުރާނެ ގޮތް ކަމަށް ބުނެ ހަމަކޮށްފައިވާ ކުރެހުމެއް

ދެކުނުގެ އައްޑު އަތޮޅުގެ ހަންކެޑެ ޓޫރިޒަމަށް ތަރައްގީކުރާ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގައި ހުންނަވައިގެން ވަނީ ވިދާޅުވެފަ އެވެ. 

ރައީސް ރޭ ވިދާޅުވީ އައްޑު އަތޮޅު ހަންކެޑެ މަޝްރޫއަށް ފައިސާ ހަމަޖެހިފައިވާއިރު މަސައްކަތް ފަށަން ތައްޔާރުވަމުން ގެންދާ ކަމަށާއި އޭރަށް 8،000 އެނދުގެ ވައުދު ފުއްދިގެންދާތަން ވެސް ފެންނާނެ ކަމަށެވެ.  

ސ. މަރަދުއާ ގުޅިފައި އޮންނަ ހަންކެޑެއަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ޑިސެމްބަރު 2، 2021 ގައި ހަމަޖައްސާފައިވާ ރަށެކެވެ. 

އެ ރަށް ތަރައްގީ ކުރަނީ ލިންކް ރޯޑާ ވަކިކޮށްލައި ދެ ފަރާތުން ގުޅިފައި އޮތް މަރަދު އާއި ގައުކެނޑި ވެސް ހަންކެޑާ ވަކިކޮށް ހަތަރު ލޭނަކަށް ވާ ގޮތަށް މަގު ފުޅާކޮށްގެނެވެ. އެ މަސައްކަތް ކުރަނީ ތިމާލެ ބްރިޖް އަޅާ އިންޑިއާގެ އެފްކޮންސް އިންނެވެ.

ހަންކެޑެ ޕްރޮޖެކްޓަށް ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސް ރޭ ވިދާޅުވެފައި ވަނިކޮށް ހަންކެޑައިގެ އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓް ޑިޒައިން އޮންނާނެ ގޮތުގެ ފޮޓޯތަކެއް ސަރުކާރުން ވަނީ އާންމު ކޮށްފަ އެވެ.

މާ ބޮޑު ތަފުސީލަކާ ނުލައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން އާންމުކުރީ ފޮޓޯތަކެކެވެ. ދެން ބުނެފައި ވަނީ އެ މަޝްރޫއުގެ ސަބަބުން އައްޑުަށް ފަތުރުވެރިކަން ބޮޑުވެގެން ދާނެ ކަމަށާއި އާ ވަޒީފާތައް މެދުވެރިކޮށްޓޫރިޒަމްގެ ފައިސާ އައްޑޫގެ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. 

ރައީސްގެ ގަރާރު - ހަންކެޑެ ތަރައްގީ ކުރަން ރައީސް ސޯލިހު ގަރާރެއް ނެރުއްވީ 2021 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެ ގަރާރުގައި ވާގޮތުން ރާއްޖޭގެ ޓުއަރިޒަމާއި ބެހޭ ގާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ހަންކެޑެ ސަރަހައްދަކީ ސަރުކާރުގެ ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރާ ސަރަހައްދެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.