ސިމްޑީ ގްރޫޕުން އަހަރު ފެށީ މެކްސިކަން ސްޓައިލަށް

ސިންޑީގެ ފެށުން އައީ 1970 ގަ އެވެ. ނަމަވެސް ސިމްޑީ ގްރޫޕުގެ ނަމުގައި އުފެދުނީ 2001 ވަނަ އަހަރު އެވެ. މި ކުންފުންޏަކީ އެންމެ ޕްރިމިއަމް ޕްރޮޑަކްޓް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ ގެނެސްދޭ އެއް ކުންފުންޏެވެ.

ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ އެނުއަލް ކިކް އިވެންޓުގައި -- ސިމްޑީ

ރާއްޖޭގެ ވިޔަފާރީގައި ސިމްޑީ ގްރޫޕުން އާ ނަމެއް ނޫނެވެ. އެންމެން ދަންނަ ފަރިތަ ނަމެކެވެ. އެންމެން ހިތް ކިޔާ ވެސް ރީތި ނަމެކެވެ. ރާއްޖޭގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަތާ 22 އަހަރުވެފައިވާ މި ކުންފުނިން އަބަދު ވެސް ކުރާ ކޮންމެ ކަމެއް ކުރަނީ ތަފާތު ރީތި ގޮތަކަށެވެ. 

މި އަހަރުގެ ފެށުން ވެސް އެ ކުންފުނިން މުވައްޒަފުންނާއެކު ގެނައީ ތަފާތު ގޮތަކަށެވެ. ތަފާތު ހެދުމެއްގައި މަޖާ ވެސް ގޮތަކަށެވެ. 

ސިމްޑީގެ ހުރިހާ ވިޔަފާރިއެއް ބަންދުކޮށް ހުރިހާ މުވައްޒަފުންނާއެކު މިދިޔަ އަންގާރަ ދުވަހު ބޭއްވި އެނުއަލް ކިކް އޮފް 2023 ގައި އެ ކުންފުނީގެ އިސްވެރިންނާއި ސީނިޔަ މެނޭޖުމަންޓް އަދި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. 

ސިމްޑީގެ ސީނިޔަ މެނޭޖުމަންޓް

މި ހާއްސަ އިންވެންޓުގައި ބައިވެރިވި ސިމްޑީ ކުންފުނީގެ އިސްވެރިންގެ ތެރޭގައި ސިމްޑީ ކުންފުނީގެ ޗެއާމަން އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) އާއި އޭނާގެ އަނބިކަނބަލުން ޑރ. މަރިޔަމް ޝަކީލާ އާއި އެ ކުންފުނީގެ މިޝާލް އިބްރާހިމް ދީދީ ހިމެނެ އެވެ. 

ހުރިހާ މުވައްޒަފުން މެކްސިކަން ތީމުގައި

މި ހަފުލާ އިން އެންމެ ހާއްސަވި ކަމަކީ ހަފުލާއަށް ދިޔަ މުވައްޒަފުންގެ ކޮސްޓިއުމް ނުވަތަ އަޅައިގެން ތިބި ހެދުމެވެ. ހުރިހާ މުވައްޒަފެއްގެ ވެސް ތިބީ އެއް ތީމަކަށް ހެދުން އަޅައިގެނެވެ. މެކްސިކަން ސްޓައިލް އަކަށެވެ. ހާއްސަކޮށް ސީނިޔަ މެނޭޖުމަންޓުގައި ތިއްބެވި ބޭފުޅުންގެ ކޮސްޓިއުމް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތެވެ. ކުންފުނީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޑރ. ޝަކީލާ ތުރު ކުރައްވައިގެން ހުންނެވީ ކޮސްޓިއުމް އިން ސިފަ ކޮށްދެނީ ދެކުނު އެމެރިކާގެ ހެދުން އެޅުމުގެ ސިފަތަކެވެ. ބޮލުގައި ތުރުކުރައްވައިގެން ހުންނެވީ މެކްސިކަން ތޮތްޕެކެވެ. 

ސިމްޑީން ކޮންމެ އަހަރު ވެސް މިފަދަ އިންވެންޓެއް ބާއްވަ އެވެ. މި އަހަރުގެ ކިކް އޮފް އިވެންޓަކީ ވެސް ތަފާތު އިވެންޓެވެ. މުވައްޒަފުންގެ އަގު ވަޒަންކޮށް އިނާމު ދޭ އިވެންޓެވެ. އެ ކުންފުންޏަށް ގިނަ ދުވަސްވީ މުވައްޒަފުންނަށް އިނާމު ދިނުމާއި މުވައްޒަފުންގެ ޕާފޯމަންސް ފާހަގަކޮށް ހިތްވަރު ދިނުން ވެސް އޮތެވެ. ކޮވިޑަށް ފަހު އެ ކުންފުނިން ބޭއްވި އިވެންޓުން ފެނިގެން ދިޔައީ ކުންފުނީގެ ވަރުގަދަކަމާއި ފޯކަސްކޮށް ވިޔަފާރިއާގެން ކުރިއަށް ދިއުމުގެ ތޫނު ވިސްނުން އެ ކުންފުނިން ގެންގުޅޭ ގޮތެވެ. 

ސިމްޑީއަކީ ކޮންބައެއް؟ - ސިމްޑީގެ ފެށުން އައިސްފައިވަނީ 1970 އާ ހިސާބުގަ އެވެ. ނަމަވެސް ސިމްޑީ ގްރޫޕްގެ ނަމުގައި އުފެދުނީ 2001 ވަނަ އަހަރު އެވެ. މިއަދު ސިމްޑީއަކީ ރާއްޖޭގެ އެންމެ އަގުހުރި ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. ޓްރޭޑިން، މާކެޓިން އަދި ޑިސްޓްރިބިއުޝަންގެ ދާއިރާގައި މިހާރު އެ ކުންފުންޏަކީ ފުންނާބު އުސް ކުންފުންޏެވެ. މިހާރު އެ ކުންފުނީގެ ވިޔަފާރި އޮތީ ހަމައެކަނި ރާއްޖެއަކު ވެސް ނޫނެވެ. ރާއްޖޭން ނުކުމެ އެ ކުންފުނީގެ ސްރީލަންކާ އާއި ދުބާއީ ފަދަ ގައުމުތަކުގައި ވެސް ކުރެ އެވެ. މި ގައުމުތަކުގައި ހުރި އެންމެ ޕްރިމިއަމް ޕްރޮޑަކްޓްތައް ރާއްޖެ ގެނެސް އެ ކުންފުނިން ދިވެހިންނާ ހަމައަށް ފޯރުކޮށްދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.