އިޔާޒް ދަންޖައްސަން ގޮވި މައްސަލަ ފުލުހަށް ހުށައަޅައިފި

ޓްވީޓާގައި ވަރަށް އެކްޓިވް އިޔާޒް ގެންދަނީ މި ސަރުކާރު ދިފާއު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ދީނީ އިލްމުވެރިއަކަށް ހުންނަވާ އިޔާޒް ބަސްމަގު ގެންގުޅުއްވާ ގޮތާއި އޭނާ ކުރައްވާ ޓްވީޓްތައް ބައްޓަން ކުރައްވާ ގޮތުން އެތައް ބަޔަކު ފާޑުކިޔައެވެ.

އަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް އަދި މި ސަރުކާރު ދިފާއު ކުރުމުގައި އެންމެ އިސްކޮށް ހުންނެވި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް

މި ސަރުކާރު ދިފާއު ކުރުމުގައި އެންމެ އިސްކޮށް ހުންނެވި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ދަންޖައްސާ މެރުމަށް ގޮވާލާ މީހަކު ފޭސްބުކްގައި ޕޯސްޓެއް ކުރި މައްސަލަ އެ ޕާޓީން ފުލުހަށް ހުށައަޅައިފި އެވެ.

ސޯޝަލް މީޑިއާގައި ދައްކާ އެކި ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އޮތް އިޔާޒަށް އިންޒާރު ދީ ޕޯސްޓެއް ކޮށްފައި ވަނީ ހަސަން ރިޔާޒްގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުންނެވެ. "ރައީސް ސޯލިހްގެ ވެރިކަމާއި ދެކޮޅަށް ކުރާ މަސައްކަތް ފެއިލް ކޮށްލުމަކީ ވާޖިބެއް" ކަމަށް ވިދާޅުވެ އިޔާޒް ދެއްކި ވާހަކަތަކަކާއި ގުޅިގެން ނޫހަކުން ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކޮށް ކުރި ޕޯސްޓެއްގައި އެ މީހާ ބުނެފައިވަނީ "ދިވެހިރާއްޖޭގައި ދިރިއުޅޭ މުސްލިމުންގެ ހައްގުގައި އިޔާޒް، ދަންޖައްސާ މެރުމަކީ ވާޖިބެއް" ކަމަށެވެ. އަދި އެއީ އޭނާގެ ފަތުވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދާލަތުން މިރޭ ބުނީ އެ ޕާޓީގެ އިސްފަނޑިޔާރު / އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ މުހައްމަދު އިޔާޒް މެރުމަށް ސޯޝަލް މީޑިއާގައި ގޮވާލާ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ފުލުހުންގެ ހިދުމަތަށް އަދާލަތު ޕާޓީން ހުށައަޅައިފި ކަމަށެވެ.

ޓްވީޓާގައި ވަރަށް އެކްޓިވް އިޔާޒް ގެންދަނީ މި ސަރުކާރު ދިފާއު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ދީނީ އިލްމުވެރިއަކަށް ހުންނަވާ އިޔާޒް ބަސްމަގު ގެންގުޅުއްވާ ގޮތާއި އޭނާ ކުރައްވާ ޓްވީޓްތައް ބައްޓަން ކުރައްވާ ގޮތުން އެތައް ބަޔަކު ފާޑުކިޔައެވެ. ރައީސް ސޯލިހް ދިފާއު ކުރެއްވުމުގެ އިތުރުން ރައީސް ޔާމީނާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެއެވެ. އޭނާގެ އެ އަމަލުތަކުގެ ސަބަބުން އެތައް ބައެއްގެ ރުޅިވެރި ބަސްތައް ވަނީ އަމާޒުވެފައެވެ. ނަމަވެސް އެންމެ ތަންފުކެއްވެސް ދޫނުކުރައްވާ އެތައް ބަޔަކަށް ރައްދު ދީ ޓްވީޓްތައް ކުރައްވަމުން ގެންދަވައެވެ.

މި ފަހުން މިފަދަ ގޮތަކަށް އެއްވެސް އިލްމުވެރިއަކު އުޅުއްވާފައެއް ނުވެއެވެ.

އިޔާޒް ނިސްބަތްވާ އަދާލަތު ޕާޓީއަކީ ދީނީ އިލްމުވެރީންތަކެއްގެ ބުރަ މަސައްކަތުން ވުޖޫދުކުރި ޕާޓީއެއް ނަމަވެސް ވަރަށް ގިނަ އިލްމުވެރީން ވަނީ އެ ޕާޓީން ވަކިވެ ފެއަށް ޖެހިވަޑައިގެންފައެވެ. އެއީ ޕާޓީގެ ރައީސް ކަމާއި އިމްރާން އަބްދުﷲ ހަވާލުވި ފަހުން އެ ޕާޓީގެ ސިޔާސަތުތައް މުޅީންހެން ބަދަލުވުމުންްނެވެ. މިވަގުތު އެ ޕާޓީގައި ތިބީ އިމްރާންގެ ސިޔާސަތުތަކަށް ތާއީދު ކުރާ މަދު އަަދަދެއްގެ އިލްމުވެރީންތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.