އުތުރަށް ހާއްސަ މަންދޫބެއް ބައިޑަން ހަމަޖައްސަވައިފި

އުތުރު ކޮރެއާއިން އަބަދު ވެސް ބުނަނީ އިންސާނީ ހައްގުތަކާ ހިލާފުވާ ކަމުގެ ތުހުމަތުތައް އެ ގައުމާމެދު އެމެރިކާ އިސްވެ ކުރަމުން ދިޔަ ނަމަވެސް އެކަން ކަން ދޮގު ކޮށް އިންކާރު ކުރާ ކަމަށެވެ.

ރައީސް ބައިޑަން މަގާމަށް އައްޔަން ކުރެއްވި ޖޫލީ ޓާނާ: އެކަމަނާ އަކީ ކޮރެއާ ދެނެވަޑައިގަންނަވާ ބޭފުޅެއް

ސޯލް (ޖެނުއަރީ 24) - އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމާ ދެކޮޅު ބަހުސް ފުޅާ ވެފައިވާ ދަނޑިވަޅެއްގައި ވައިޓް ހައުސް އިން އަންގާރަ ދުވަހު އުތުރު ޕިއޮންގްޔަންގްގެ އިންސާނީ ހައްގުތަކަށް ހާއްސަ މަންދޫބަކު ހަމަޖައްސައިފި އެވެ. 

މި މަގާމަކީ 2017 ވަނަ އަހަރުން ފެށިގެން ހުހަށް އޮންނަ މަގާމެކެވެ.

ވައިޓް ހައުސްގެ ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޖޯ ބައިޑަން އެ މަގާމަށް ނޮމިނޭޓް ކުރެއްވީ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ބިއުރޯ އޮފް ޑިމޮކްރަސީ، ހިއުމަން ރައިޓްސް އެންޑް ލޭބަރުގެ އޮފީހުގެ އީސްޓް އޭޝިއާ އެންޑް ޕެސިފިކްގައި މިހާރު ވެސް ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި ޖޫލީ ޓާނާ ކަމަށެވެ. 

އެކަމަނާއަކީ ކޮރެއާ ބަހުން ރަނގަޅަށް ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. އަދި މީގެ ކުރިން ވެސް އުތުރު ކޮރެއާގެ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެންވޯއީގެ އޮފީހުގައި ހާއްސަ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ޑިޕްލޮމޭޓެކެވެ.

ރައީސް ޖޯ ބައިޑަން 2021 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު ބައިތަކުގެ ތެރޭ އިންސާނީ ހައްގުތައް ހިމެނެ އެެވެ. އަދި އުތުރަށް އަމާޒުކޮށް އެ އިންސާނީ ހައްގުތަކުގެ މަގާމެއް އުފައްދަވާނެ އެވެ. ނަމަވެސް މިހާތަނަށް އެ މަގާމު އޮތީ ހުސްކޮށެވެ. 

އުތުރު ކޮރެއާގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ރައީސް ބައިޑަންގެ ވެރިކަމުގައި އަޅައިލުން ކުޑަ ކަމަށް ވިދާޅުވެ ދެކުނު ކޮރެއާގެ ސަފީރު މިދިޔަ އަހަރު ވަނީ އެފަދަ ހާއްސަ މަންދޫބަކު މިހާތަނަށް ކަނޑައަޅުއްވާފައި ނުވާތީ މާޔޫސް ވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. 

އުތުރު ކޮރެއާއިން އަބަދު ވެސް ބުނަނީ އިންސާނީ ހައްގުތަކާ ހިލާފުވާ ކަމުގެ ތުހުމަތުތައް އެ ގައުމާމެދު އެމެރިކާ އިސްވެ ކުރަމުން ދިޔަ ނަމަވެސް އެކަން ކަން ދޮގު ކޮށް އިންކާރު ކުރާ ކަމަށެވެ. އަދި އެއީ ހައްގުން ކަމަކާ ނުލައި އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަމަހައްޓަން ވޮޝިންޓަނާއި ސޯލް އިން ސިޔާސީ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރާ ހަތިޔާރެއް ކަމަށާއި އޭގެ ބޭނުމަކީ ޕިއޮންގްޔަންގްގެ އަބުރު ނަގާލައި އެކެހެރި ކުރުން ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.