ހިއްސާގެ ބާޒާރަށް 15 އަހަރު: ހިއްސާ ބާޒާރުން 185 މިލިއަން ޑޮލަރު

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ނުވަ ކުންފުންޏެއް ލިސްޓް ކޮށްފައި ވެއެވެ. އަދި ހިއްސާގެ ބާޒާރުގެ ޖުމްލަ ރައުސުލްމާލުގެ އަގު މިހާރު 26 ބިލިއަން ރުފިޔާއަށް އަރަ އެވެ. ދިވެހި ހިއްސާގެ ބާޒާރު އުފެދުނީ މީގެ 15 އަހަރު ކުރީގަ އެވެ.

ސީއެމްޑީއޭ އާއި އެމްއެސްއީ އިން މައުލޫމާތު ދެނީ -- ހުއްދައާއެކު ބޭނުން ކުރާ ސަން އޮންލައިންގެ ފޮޓޯއެއް

ރާއްޖޭގެ ހިއްސާގެ ބާޒާރު އުފެދުނީ މީގެ 15 އަހަރު ކުރީގަ އެވެ. މިހާރުގެ ނަމުންނަމަ އެއީ މޯލިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އެވެ. ހިއްސާގެ ބާޒާރަށް 15 އަހަރު ވެގެން ދިޔައިރު ލިސްޓް ކުރި ކުންފުނިތަކުން ހޯދި ފައިނޭންސުގެ އަގު 185 މިލިއަން ޑޮލަރު، ދިވެހި ރުފިޔާއިން ބަލާނަމަ 2.87 ބިލިއަން ރުފިޔާ އަށް އަރަ އެވެ. 

ރާއްޖޭގެ ހިއްސާގެ ބާޒާރު މެދުވެރިކޮށް ފައިސާ ހޯދަން މިހާތަނަށް އަށް ޑެޓް އިންސްރޫމަންޓް ލިސްޓް ކޮށްފައިވެ އެވެ. މިހާރު އަހަރެއްގެ މައްޗަށް 42,000 އަށްވުރެ ގިނަ މީހުން އިންވެސްޓްކޮށް 298 މިލިއަން ރުފިޔާގެ ހިއްސާގެ މުއާމަލާތް ހިންގާފައިވެ އެވެ. 

ހިއްސާގެ ބާޒާރުގެ ނަމްބަރުތައް

  •  ޓްރޭޑް ވެލިއު: 126 މިލިއަން
  •  ލިސްޓް ކޮށްފައިވާ ކުންފުނީގެ އަދަދު: 9
  •  ހިއްސާގެ މުއާމަލާތް: 1.6 މިލިއަން
  •  މާކެޓް ކެޕް: 26 ބިލިއަން

ސަރުކާރުގެ އިސް ނެގުމަކާއެކު ރާއްޖޭގެ ސެކިއުރިޓީޒްގެ ބާޒާރު ފުޅާ ކުރަން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި އެމްއެސްއީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސީއެމްޑީއޭ އާއި އެމްއެސްއީ ގުޅިގެން ސެކިއުރިޓީޒްގެ ބާޒާރުގައި ޕްރައިވެޓް ޕްލޭސްމަންޓުގެ ދަށުން ސެކިއުރިޓިޒް ދޫކުރެވޭނެ ނިޒާމެއް ވަނީ ކަނޑައަޅާފަ އެވެ. ޕްރައިވެޓް ސެކިއުރިޓީޒްގެ ބާޒާރުގައި މުއާމަލާތްތައް ކުރަން "ވިޔަނަ" ވިނަމުގައި ޕްލެޓްފޯމެއް ގާއިމް ކޮށްފައިވެ އެވެ. 

އެމްއެސްއީ އުފެއްްދީ - އެމްއެސްއީ އުފައްދާފައި ވަނީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ކުންފުނި ތަކަށް 42،000 ވުރެ ގިނަ މީހުން އިންވެސްޓް ކޮށްފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.