ބައިޑަންގެ ގެކޮޅު ފާސްކޮށް އެފްބީއައި ބޭނުންވާ ލިޔުންތައް ހޯދައިފި

ސީކްރެޓް ސާވިސް އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެމެރިކާގެ ރިޔާސަތަށް ވަޑައިގަންނަވާ ބޭފުޅުންގެ އަމިއްލަފުޅު ގެދޮރުގެ ލޮގްތައް ނުބެލެހެއްޓެ އެވެ.

ރައީސް ޖޯ ބައިޑަން: ލޮގް ހާމަ ކުރައްވަން ދެކޮޅު ހެއްދެވި

ވައިޓްހައުސް އިން ދެކޮޅު ހަދަމުން ދަނިކޮށް އެމެރިކާގެ އެފްބީއައި އިން ރައީސް ޖޯ ބައިޑެންގެ ގެކޮޅެއް ބަލައި ފާސްކޮށް އެގެއިން އެމެރިކާގެ ގައުމީ ސަލާމަތާއި ގުޅޭ ސިއްރު ލިޔުންތަކެއް ހޯދައިފި އެވެ. 

އެފްބީއައި އިން ބައިޑެންގެ ގެކޮޅަށް ވަދެ ފާސްކުރީ މިމަހުގެ ނުވަނަ ވަނަ ދުވަހު ވެސް ބައިޑެންގެ ދެ ގެއަކުންނާއި އެ މަނިކުފާނުގެ އޮފީހަކުން ވަނީ އެމެރިކާގެ ގައުމީ ސަލާމަތާއި ގުޅޭ ލިޔުންތަކެއް ފެނިފައިވުމާއެކު ރިޕަބްލިކަން ޕާޓީގެ ޕްރެޝަރު ބޮޑު ވެގެނެވެ. 

އެފްބީއައި އިން ފާސް ކޮށްފައި ވަނީ ވިލިމިންޓަންގައި ހުންނަ އަދި އޮބާމާގެ ވެރި ކަމުގައި ނައިބު ރައީސް ކަމުގައި ހުންނެވި އިރު އެންމެ ގިނައިން ބޭނުން ކުރެއްވި ބައިޑެން އަމިއްފުޅު ގެކޮޅެވެ. އެފްބީއައިގެ ހާއްސަ ފައުޖު ރައީސްގެ އަމިއްފުޅު ގެކޮޅުހައި 13 ގަޑިއިރު ހޭދަކޮށް "ޓޮޕް ސިކްރެޓް" ގެ ހަ ލިޔުމެއް ހޯދާފައި ވެ އވެ. 

މި މައްސަލ ދިމާވުމާ ގުޅިގެން ބައިޑަންގެ އަމިއްލަފުޅު ގެކޮޅަށް ޒިޔާރަތް ކުރާ މީހުންގެ ލޮގެއް ދޭން ވައިޓް ހައުސްއިން ދިޔައީ އިންކާރު ކުރަމުންނެވެ. ރިޕަބްލިކަން ޕާޓީން ޕްރެޝަރު ކުރަނީ ބައިޑެންގެ ގެކޮޅު، ޑެލަވޭއާ މީހުން ވަދެފައިވާ ގޮތުގެ ލޮގްތައް ބަލަން ބޭނުންވާ ކަމަށް ބުނަމުންނެވެ. ސަބަބަކީ އެގޭގެ ތެރެއިން ދައުލަތުގެ ކްލަސިފައިޑް ފައިލްތައް ފެނިފައިވާތީ އެއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަކަށް ވާތީ އެވެ.

އެފްބީއައި ވަދެ ބަލައި ފާސްކުރި ބައިޑަންގެ ގެކޮޅު

ވައިޓް ހައުސްގެ ވަކީލުގެ އޮފީހުން ބުނީ ރައީސުންގެ އަމިއްލަ ގެކޮޅުތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމަކީ އެމެރިކާގައި ސްޓޭންޑަޑް ޕްރެކްޓިސްއެއް ނޫން ކަމަށެވެ. ވަކީލު އެހެން ވިދާޅުވި އިރު ބައިޑަންގެ ގެކޮޅުންނާއި ވޮޝިންޓަންގައި ބައިޑަން ބޭނުންފުޅު ކުރެއްވި އޮފީހަކުން ވިއްސަށްވުރެ ގިނަ ރަސްމީ ލިޔުމުގެ ޑޮކިއުމެންޓްތައް ފެނި މައްސަލަ ބޮޑުވެފައި ވެއެވެ.

"ރައީސް ބައިޑަން، ސިއްރު ތަކެތި ގޯސްކޮށް ބެލެހެއްޓުމުން އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެއްޖެތޯ ބަލަންޖެހޭ ކަމެއް،" ހައުސް އޯވަސައިޓް ކޮމިޓީގެ ޗެއާމަން ރިޕަބްލިކަން ޕާޓީގެ ޖޭމްސް ކޮމަ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ރޮން ކްލޭން އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވެއެވެ. "ރައީސްގެ ގެކޮޅަށް ޒިޔާރަތްކުރި ފަރުދުންގެ ލިސްޓެއް ނެތިއްޔާ ... މި ވަރު ނާޒުކު ލިޔެކިޔުންތައް ލިބިފައި ވަނީ ކޮންބަޔަކަށް ކަމެއް އެމެރިކާގެ ރައްޔިތުންނަކަށް ދުވަހަކު ވެސް ނޭނގޭނެ."

ސީކްރެޓް ސާވިސް އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެމެރިކާގެ ރިޔާސަތަށް ވަޑައިގަންނަވާ ބޭފުޅުންގެ އަމިއްލަފުޅު ގެދޮރުގެ ލޮގްތައް ނުބެލެހެއްޓެ އެވެ. އަދި 2017 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެނގުނު ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެކޮޅުގެ ވެސް ވިޒިޓާ ލޮގެއް ނުބެލެހެއްޓެ އެވެ. އެ ގެއިން ވެސް އެތައް ސަތޭކަ ކްލަސިފައިޑް ފައިލްތަކެއް ފެނިފައިވެ އެވެ. އެ މައްސަލައިގައި ވެސް އެފްބީއައިގެ ތަހްގީގެއް ހިނގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.