ބައިޑަންގެ ގެކޮޅުގެ ވިޒިޓާސް ލޮގް ހާމައެއް ނުކުރި

ގާނޫނުގައިވާ ގޮތުން ވައިޓް ހައުސްގެ ހުރިހާ ފައިލްތަކެއް ރިޔާސަތެއް ނިމުމުން ނޭޝަނަލް އާކައިވްސްއާ ހަވާލުކުރަން ޖެހެ އެވެ.

ރައީސް ބައިޑަން ގެކޮޅުން ނުކުމެ ވަޑައިގެން ހިންގަވަނީ: އަމިއްލަ ގެކޮޅުގެ ވިޒިޓާސް ލޮގް ހާމައެއް ނުކުރައްވާނެ

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަމިއްލަފުޅު ގެކޮޅަށް ޒިޔާރަތް ކުރާ މީހުންގެ ލޮގެއް ލިބެން ވެސް ދެވެން ވެސް ނެތް ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.  

މި މައްސަލަ ނަގައި އެކަމައިގެން އުޅެނީ ރިޕަބްލިކަން ޕާޓީންނެވެ. އެ ޕާޓީ ޕްރެޝަރެއް ކުރަނީ ބައިޑެންގެ ގެކޮޅު، ޑެލަވޭއާ މީހުން ވަދެފައިވާ ގޮތުގެ ލޮގްތައް ބަލަން ބޭނުންވާ ކަމަށް ބުނަމުންނެވެ. ސަބަބަކީ އެގޭގެ ތެރެއިން ދައުލަތުގެ ކްލަސިފައިޑް ފައިލްތައް ފެނިފައިވާތީ އެއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަކަށް ވާތީ އެވެ. 

ވައިޓް ހައުސްގެ ވަކީލުގެ އޮފީހުން ބުނީ ރައީސުންގެ އަމިއްލަ ގެކޮޅުތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމަކީ އެމެރިކާގައި ސްޓޭންޑަޑް ޕްރެކްޓިސްއެއް ނޫން ކަމަށެވެ.  ވަކީލު އެހެން ވިދާޅުވި އިރު ބައިޑަންގެ ގެކޮޅުންނާއި ވޮޝިންޓަންގައި ބައިޑަން ބޭނުންފުޅު ކުރެއްވި އޮފީހަކުން ވިއްސަށްވުރެ ގިނަ ރަސްމީ ލިޔުމުގެ ޑޮކިއުމެންޓްތައް ފެނި މައްސަލަ ބޮޑުވެފައި ވެއެވެ.

އެ ލިޔެކިޔުންތަކަކީ ރައީސް އޮބާމާގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުގައި ބައިޑަން ހުންނެވި ދުވަސްވަރުގެ ލިޔެކިޔުންތަކެކެވެ. އޭގެ ތެރެއިން ބައެއް ޑޮކިއުމެންޓްތަކުގައި "ޓޮޕް ސީކްރެޓް" ކަމަށް ލޭބަލްކޮށް ފައި ވެއެވެ.

ވޮޝިންޓަންގެ ތިންކް ޓެންކެއް ކަމަށްވާ ޕެން ބައިޑަން ސެންޓަރުގެ އަމިއްލަ އޮފީހަކުން މުހިންމު ލިޔެކިޔުންތަކެއް ފެނިފައިވާ ކަމުގެ ހަބަރު މި މަހުގެ ކުރީކޮޅު ވަނީ ފެންމަތިވެފަ އެވެ. އެއަށްފަހު ދެން އައީ ރައީސް ބައިޑަންގެ ވިލްމިންޓަން، ޑެލަވޭއާ މައްސަލަ އެވެ.

ވައިޓް ހައުސްއިން މިދިޔަ ހަފުތާ ބަންދުގައި ބުނެފައި ވަނީ އިތުރު ފަސް ސޮފުހާގެ ކްލަސިފައިޑް މެޓީރިއަލް ފެނިފައިވާ ކަމަށެވެ. ގާނޫނުގައިވާ ގޮތުން ވައިޓް ހައުސްގެ ހުރިހާ ފައިލްތަކެއް ރިޔާސަތެއް ނިމުމުން ނޭޝަނަލް އާކައިވްސްއާ ހަވާލުކުރަން ޖެހެ އެވެ.

ރިޕަބްލިކަން ޕާޓީން ބައިޑަންގެ އަމިއަލަފުޅު ގެތަކުގެ ވިޒިޓާސް ލޮގްތައް އާންމު ކުރުމަށް ގޮވާލަމުން ގެންދިޔަ ނަމަވެސް ވައިޓް ހައުސް އިން ވަނީ އެފަދަ މައުލޫމާތު ހާމަ ކުރަން ދެކޮޅު ހަދާފަ އެވެ.

"ރައީސް ބައިޑަން، ސިއްރު ތަކެތި ގޯސްކޮށް ބެލެހެއްޓުމުން އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެއްޖެތޯ ބަލަންޖެހޭ ކަމެއް،" ހައުސް އޯވަސައިޓް ކޮމިޓީގެ ޗެއާމަން ރިޕަބްލިކަން ޕާޓީގެ ޖޭމްސް ކޮމަ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ރޮން ކްލޭން އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވެއެވެ. "ރައީސްގެ ގެކޮޅަށް ޒިޔާރަތްކުރި ފަރުދުންގެ ލިސްޓެއް ނެތިއްޔާ ... މި ވަރު ނާޒުކު ލިޔެކިޔުންތައް ލިބިފައި ވަނީ ކޮންބަޔަކަށް ކަމެއް އެމެރިކާގެ ރައްޔިތުންނަކަށް ދުވަހަކު ވެސް ނޭނގޭނެ."  

ވައިޓް ހައުސްގެ ވަކީލުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ވިޒިޓާ ލޮގެއް ނެތް ކަމަށެވެ.  

"އެހެން ރައީސުންގެ ފަދައިން ބައިޑަންގެ އަމިއްލަ ގެކޮޅަކީ ވެސް ޒާތީ ތަނެއް،" ވައިޓް ހައުސްގެ ވަކީލުގެ ތަރުޖަމާނު އިއަން ސޭމްސް ވިދާޅުވި އެވެ.

ސީކްރެޓް ސާވިސް އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެމެރިކާގެ ރިޔާސަތަށް ވަޑައިގަންނަވާ ބޭފުޅުންގެ އަމިއްލަފުޅު ގެދޮރުގެ ލޮގްތައް ނުބެލެހެއްޓެ އެވެ. އަދި 2017 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެނގުނު ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެކޮޅުގެ ވެސް ވިޒިޓާ ލޮގެއް ނުބެހެއްޓެ އެވެ. އެ ގެއިން ވެސް އެތައް ސަތޭކަ ކްލަސިފައިޑް ފައިލްތަކެއް ފެނިފައިވެ އެވެ. 

ރައީސް ބައިޑަން ފައިލްތައް ބެލެހެއްޓި ގޮތް ހާއްސަ ވަކީލަކު ދަނީ ތަހުގީގު ކުރަމުންނެވެ. ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮންނަ ހައުސް އޮވަސައިޓް ކޮމިޓީން ވަނީ އަމިއްލަ ތަހުގީގެއް ފަށާނެ ކަމަށް ވެސް ބުނެފަ އެވެ.

ވައިޓް ހައުސްގެ ވެބްސައިޓުގައި ޒިޔާރަތްކުރާ މީހުންގެ ލޮގެއް އާންމުކޮށް ފެންނާނެހެން ޝާއިއުކޮށްފައި ވެއެވެ -- މިއީ އޮބާމާގެ ވެރިކަމުގައި ގެނައި ބަދަލެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.