"ރައީސަށް މަރުހަބާ ދަންނަންވަން ދަރިވަރުން ނެރެނީ ސަރުކާރުން އަންގައިގެނެއް ނޫން"

ސަރުކާރުގެ އިސްވެރިންނާއި އިސްވެރިން ރަށްރަށަށް ވަޑައިގަންނަވާއިރު މަރުހަބާ ދެންނެވުމަށް ދަރިވަރުން ނުނެރުމަށް އެދި ޑިސެމްބަރު 3. 2018 ގައި މިނިސްޓްރު ޑރ. އައިޝަތު އަލީ ސޮއިކުރައްވާ ސާކިއުލާއެއް ނެރެފައިވެ އެވެ.

ރައީސް ސޯލިހް އިހަވަންދޫއަށް ވަޑައިގެން ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ: ރައީސަށް މަރުހަބާ ކިޔަން ސްކޫލު ދަރިވަރުން ނުނެރޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގަންނަވާއިރު މަރުހަބާ ދެންނެވުމަށް ސްކޫލު ދަރިވަރުން ނުކުތުމަށް ސްކޫލުތަކުން އަންގަނީ ސަރުކާރުން އަންގައިގެން ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އެކި ރަށްރަށަށް ވަޑައިގަންނަވާއިރު ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ބަނދަރު ކައިރިއަށް ނުކުތުމަށް ބައެއް ސްކޫލުތަކުން އަންގަ އެވެ. މިއަދު ރައީސް ސޯލިހު ހއ. އިހަވަންދޫއަށް ވަޑައިގަންނަވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގްރޭޑް އެކަކުން ފެށިގެން ފަހެއްގެ ދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރިން ސަގާފީ ހެދުމެއްގައި ބަނދަރު ސަރަހައްދަށް ނުކުތުމަށް އެ ރަށު ސްކޫލުން އެދިފައި ވެއެވެ. 

އެކަމާ ގުޅިގެން މިނިސްޓްރީ އާއި ސުވާލު ކުރުމުން ބުނެފައި ވަނީ އެގޮތަށް ސްކޫލުތަކުން އަންގަނީ ސަރުކާރުން ބުނެގެން ނޫން ކަމަށެވެ. އެކަމާ ބެލެނެވެރިން ނުރުހުމުން އެ ސްކޫލުގެ އެ އެންގުން ކެންސަލްކޮށްފައިވާ ކަމަށެވެ. 

ސަރުކާރުގެ އިސްވެރިންނާއި އިސްވެރިން ރަށްރަށަށް ވަޑައިގަންނަވާއިރު މަރުހަބާ ދެންނެވުމަށް ދަރިވަރުން ނުނެރުމަށް އެދި ޑިސެމްބަރު 3. 2018 ގައި މިނިސްޓްރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވާ ސާކިއުލާއެއް ނެރުނެވެ. 

"އަޅުގަނޑުމެން އަމަލު ކުރަނީ ސާކިއުލާއާ އެއްގޮތަށް. އަދި ސްކޫލްތަކަށް އިރުޝާދު ދީފައި އޮންނާނީ ވެސް އެގޮތަށް،" މިނިސްޓްރީ އިން މިއަދު ބުނެފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ނެރެފައިވާ ސާކިއުލާގައި ބުނެފައި ވަނީ އެގޮތަށް މަރުހަބާ ކިޔުމަށް ކުދިން ގިނަ ވަގުތު ކޮޅަށް އަވީގައި ބޭތިއްބުމަކީ ކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށެވެ. އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެގޮތަށް އަމަލު ނުކުރުމަށް އެދިފައިވެ އެވެ.

އިހަވަންދޫ ސްކޫލުން އެގޮތަށް އެންގުމުން ގިނަ ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.