ރައީސަށް މަރުހަބާ ދެންނެވުމަށް ދަރިވަަރުން ނެރުން ކެންސަލް

ސަރުކާރުގެ އިސްވެރިން ވަޑައިގަންނަވާއިރު ސްކޫލްތަކުގެ ދަރިވަރުން މަރުހަބާ ކިޔަން ނުނެރެން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އޮތީ މާކުރީން އަންގާފައެވެ. މި ދައުރު ފެށުމާއެކު އެ އެންގުން ސުކޫލްތަކަށް އެންގި އެވެ.

ރައީސް ސޯލިހް އިހަވަންދޫއަށް ވަޑައިގެން ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިހަވަންދޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ސުކޫލު ދަރިވަރުން ނެރެން އެންގި މައްސަލަ ހޫނުވެ ދަރިވަަރުން ނެރެން އެންގި އެންގުން ކެންސަލް ކޮށްފި އެވެ.

ރަައީސް ސޯލިހް އިހަވަންދޫއަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނު އެވެ.

އިހަވަންދޫ ސުކޫލުން އޮތީ އެ ސުކޫލުގެ ދަށް ގުރޭޑްތަކުގެ ދަރިވަރުން ރައީސަށް މަރުހަބާ ދެންނެވުމަށް ބަނދަރުމައްޗަށް ނެރުމަށް އަންގާފައެވެ. އެގޮތުން ގުރޭޑް އެކަކުން ފެށިގެން ފަހަކަށް ހިމެނޭ ދަރިވަރުން ސަގާފީ ހެދުމެއްގައި / ގައުމީ ހެދުމެއްގައި މިއަދު ހެނދުނު ބަނދަރު ސަރަހައްދަށް ނެރުމަށް އަންގާފައިވެއެވެ. އެކަން އަންގާ ބެލެނިވެރިންނަށް ކާޑެއްވެސް ފޮނުވިއެވެ. ސުކޫލުގެ ވައިބަރު ގުރޫޕްގައި މެސެޖެއްވެސް ހިއްސާ ކުރިއެވެ.

ނަމަވެސް ބައެއް ބެލެނިވެރީން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.

ރައީސް ސޯލިހް އިހަވަންދޫއަށް ވަޑައިގެން ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ

އިހަވަންދޫ ސުކޫލުގެ އިސް ބޭފުޅަކު ވިދާޅުވީ ބެލެނިވެރީންގެ ނުރުހުން އޮތުމުން އެންގުން ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި ރައީސް އިހަވަންދުއަށް ވަޑައިގަތުމުގެ ކުރީން އެކަން ބެލެނިވެރީން އެންގި ކަމަށެވެ.

ބޮޑު އާބާދީއެއް އޮތް އިހަވަންދޫން ގިނަ ބަޔަކު ވަނީ ރައީސަށް މަރުހަބާ ކިޔަން ބަނދަރަށް ޖަމާވެފައެވެ.

ސަރުކާރުގެ އިސްވެރިން ވަޑައިގަންނަވާއިރު ސްކޫލްތަކުގެ ދަރިވަރުން މަރުހަބާ ކިޔަން ނުނެރެން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އޮތީ މާކުރީން އަންގާފައެވެ. މި ދައުރު ފެށުމާއެކު އެ އެންގުން ސުކޫލްތަކަށް އެންގި އެވެ.

މިނިސްޓްރީން ސާކިއުލާއެއްގައި ބުނީ ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް، ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ތަފާތު އުނދަގޫތައް ކުރިމަތިވެ، ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމެއް ކަމަށެވެ. އެހެންވެ، އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އަންގާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.