އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ހަވާލުކޮށްފި

އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ބަޔަކާ ހަވާލުކޮށްފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނު ދަތުރުފުޅެއްގައި މިއަދު އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާުތުގެ ތެރެއިން -- ހެލްތު މިނިސްޓްރީގެ ފޮޓޯއެއް

ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ސަރުކާރުން ބަޔަކާ ހަވާލުކޮށްފި އެވެ.

އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައި ވަނީ ޑުލެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. އަލަށް އަޅާ ހޮސްޕިޓަލުގައި އެކޮމޮޑޭޝަން އިމާރާތަކާއި ސާވިސް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެ އެވެ.

މި އެއްބަސްވުމުގެ ދަށުން ހޮސްޕިޓަކުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ސަރުކާރާ ހަވާލުކުރާން ޖެހެ އެވެ.

ހެލްތު މިނިސްޓްރީ އިން ބުނެފައި ވަނީ މި މަޝްރޫއަށް ޖުމްލަ 123,303,792 ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ބަޔަކާ ހަވާލުކޮށްފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނު ދަތުރުފުޅެއްގައި މިއަދު އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. ރައީސް މިއަދު އިހަވަންދޫގެ އިތުރުން އެ އަތޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވާނެ އެވެ.

ކެމްޕޭނާ ދިމާކޮށް ގިނަ ޕްރޮޖެކްޓްތަކެއް ހަވާލުކުރެވި އަދި މަސައްކަތް ފަށައިގެން މިހާރު ބާރު ސްޕީޑުގައި ކުރިއަށް ގެންދާކަން ފާހަގަކުރެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.