މިދިޔަ އަހަރު 228 ޖެޓުން މާފަރަށް 1500 މަހުޖަނުން

އެމްއައިއޭ ޑިވެލޮޕް ކުރީ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މި އެއާޕޯޓު ތަރައްގީ ކުރީ އަބޫދާބީ ފަންޑުން ހިލޭ އެހީ ދީގެން ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.

މާފަފު އެއާޕޯޓް

ރާއްޖެއަށް މަހުޖަނުން އާއްމުކޮށް އަންނަނީ ޕްރައިވެޓް ޖެޓުގަ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ތިންވަނަ އިންޓަނޭޝަނަލް އެއާޕޯޓް، މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) އަށް 228 ޖެޓުން 1500 އަށްވުރެ ގިނަ މަހުޖަނުން ފޭބި އެވެ

އެމްއައިއޭ ބަލަހައްޓާ، އައިލެންޑު އޭވިއޭޝަނުން ބުނާ ގޮތުގައި މިދިޔަ އަހަރު ޖުމްލަ 1571 ޓޫރިސްޓުން މާފަރަށް ފޭބި އެވެ. އެމްއައިއޭ އޮންނަ ސަރަހައްދަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތައް އޮންނަ އަތޮޅެވެ. އެ އަތޮޅުގައި ހުރި މަޝްހޫރު ރިސޯޓުތަކުގެ ތެރޭގައި ވެލާ އާއި ސޮނޭވާ ޖާނީ އަދި ސަން ސިޔާމް ރިސޯޓް ފަދަ ރިސޯޓުތައް ހިމެނެ އެވެ. އެހެންވެ އެ އަތޮޅުގެ ރިސޯޓުތަކަށް ޖެޓުގައި ގިނައިން ދަނީ މަހުޖަނުންނެވެ.

ގިނަ މަހުޖަނުން އައި ބައްރުތައް

  •  ޔޫރަޕް
  •  މެދުއިރުމަތި

މި މުއްދަތުގައި މާފަރުން ބޭރަށް 1493 ޓޫރިސްޓުން ފުރާފައިވެ އެެވެ. އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ދުވަ ދުވަހު 26 ޕްރައިވެޓް ޖެޓެއް ވަނީ މާފަރަށް ޖައްސާފައި ވެއެވެ.

މާފަރު އެއާޕޯޓް - އެމްއައިއޭ ޑިވެލޮޕް ކުރީ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މި އެއާޕޯޓް ތަރައްގީ ކުރީ އަބޫދާބީ ފަންޑުން ހިލޭ އެހީ ދީގެން ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ. އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ. އެއާޕޯޓް ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާ އެކުގަ އެވެ.

އެއާޕޯޓް ހުޅުވައި ރަސްމީކޮށް ދަތުރު ފެށީ ޑިސެމްބަރު 1، 2019 އިގަ އެވެ. މިހާރަށްވުރެ އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރު ކުންފުނި އެމްޓީސީސީއަށް 27.1 މިލިއަން ޑޮލަރަށް ހަވާލު ކޮށްފަ އެވެ. މި މަސައްކަތުގެ ދަށުން މުޅި ރަންވޭ އެއްކޮށް ރީސާފޭސް ކޮށް ރަންވޭގެ ސައިޒު 2.85 ކިލޯމީޓަރަށް ބޮޑު ކުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.