ކޮލިބާލީ ޗެލްސީއަށް ބަދަލުވާން އެއްބަސް ވެއްޖެ

އާ ސީޒަންގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާ އެއްހަމާގައި ވާދަ ކުރެވޭނެ ގޮތް ހޯދަން ޗެލްސީގެ ކޯޗް ތޯމަސް ޓުހޫލަށް އަދިވެސް އިތުރު ކުޅުންތެރިން ބޭނުންވެ އެވެ. ޗެލްސީގެ އެއް އޯނަރު އަދި ޗެލްސީ ހިންގުމުގައި އިސް ދައުރެއް އަމިއްލައަށް އަދާ ކުރާ ޓޮޑް ބޮއެލީ ޗެލްސީގެ މިސްރާބު ރަނގަޅު ދިމާލަަށް ބަދަލު ކޮށްފައި ވެއެވެ.

ސެނެގޯލާއި އާއި އިޓަލީގެ ނާޕޮލީގެ ވަރުގަދަ ދިފާއީ ތަރި ކަލިޑޫ ކޮލިބާލީ: އޭނާ ވަނީ ޗެލްސީއަށް ބަދަލުވާން ނިންމާފައި

ސެނެގޯލާއި އާއި އިޓަލީގެ ނާޕޮލީގެ ވަރުގަދަ ދިފާއީ ތަރި ކަލިޑޫ ކޮލިބާލީ ޕްރިމިއާ ލީގްގެ ޗެލްސީއަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ. މި ކޮންޓްރެކްޓެ ފައިނަލްވެ ކޮލިބާލީ ޗެލްސީއަަށް ބަދަލުވެއްޖެ ނަމަ އެއީ އެ ކްލަބުގެ އާ ވެރިންގެ ދައުރުގައި ސޮއި ކުރުވާ ދެވަނަ ބޮޑު ކުޅުންތެރިޔާއަށް ވެގެން ދާނެ އެވެ.

މިހާރު ޗެލްސީން ވަނީ މެންޗެސްޓާ ސިޓީގައި ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ އިނގިރޭސި ޕްލޭމޭކަރު ރަހީމް ސްޓާލިންގެ ސޮއި ހޯދާފަ އެވެ.

ޕްރީ ސީޒަންގައި އެމެރިކާއަށް ގޮސް ތިބި ޗެލްސީގެ ސްކޮޑާ ސްޓާލިން މިއަދު ނޫނީ މާދަމާ ގުޅޭނެ އެވެ. އަދި ރަސްމީކޮށް ޗެލްސީން ސްޓާލިން ތައާރަފު ކުރާނީގެ އޭގެ ފަހުންނެވެ. ސްޓާލިން ޗެލްސީއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ބެލެވުފައިވާ ގޮތުން ކޮލިބާލީއާއެކު ޗެލްސީގެ ދިފާއަށް މެން ސިޓީގެ ނަތަން އަކޭ ވެސް ގެންދާނެ އެވެ. އެ ދެ ކުޅުންތެރިންނާއެކު ވެސް ޗެލްސީއަށް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. އުމުރުން 31 އަހަރުގެ ކޮލިބާލީ ޗެލްސީއަށް ބަދަލުވާނީ ހަފުތާއަކު ގާތްގަނޑަކަށް 180،000 ޕައުންޑު ގެ ފީއަކަށް ފަސް އަހަރު ދުވަހަށެވެ. ކޮލިބާލީ ޗެލްސީއަށް ގެންދިއުމުގައި ޗެލްސީގެ ސެނަގޯލް ގޯލްކީޕަރު އެޑްއާޑް މެންޑީ އާއި ލިވަޕޫލުން ބަޔާނަށް ބަދަލުވި މާނޭގެ ދައުރުވާ ކަމަށް ވެއެވެ.

އާ ސީޒަންގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާ އެއްހަމާގައި ވާދަ ކުރެވޭނެ ގޮތް ހޯދަން ޗެލްސީގެ ކޯޗް ތޯމަސް ޓުހޫލަށް އަދިވެސް އިތުރު ކުޅުންތެރިން ބޭނުންވެ އެވެ. ޗެލްސީގެ އެއް އޯނަރު އަދި ޗެލްސީ ހިންގުމުގައި އިސް ދައުރެއް އަމިއްލައަށް އަދާ ކުރާ ޓޮޑް ބޮއެލީ ޗެލްސީގެ މިސްރާބު ރަނގަޅު ދިމާލަަށް ބަދަލު ކޮށްފައި ވެއެވެ. އޭނާ ޗެލްސީ ބައްޓަން ކުރަނީ ލިވްޕޫލްގެ ފިލޯސްފީއަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.