ކިމްގެ ގަދަ އަމުރު: ނިއުކްލިއަ ވޯޑްހެޑް އިތުރުކޮށް އާ މިސައިލު އުފައްދާ

އުތުރުން ވަނީ މިދިޔަ އަހަރު 70 އަށް ވުރެ ގިނަ މިސައިލް ޓެސްޓްކޮށްފަ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އަމާޒަކީ ހަތިޔާރުގެ އިތުރުކޮށް، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމަށް ވާދަވެރިންނަށް ޕްރެޝަރު ދިނުމެވެ.

އުތުރުގެ ލީޑަރު ކިމް ޖޮން އުން: ހަތިޔާރު އުފައްދަން ވަރުގަދަ އަމުރަކުން އަމުރު ކުރެއްވި
  •  އެމެރިކާގެ ރޭވުމަކީ އުތުރު ކޮރެއާ އެކަށް ނިއްވާލުން: ކިމް
  •  އުތުރާ ކުރިމަތިލާ ވައުދުތައް ދަގަނޑު ފަދައިން ދެމި އޮންނާނެ: އެމެރިކާ
  •  އުތުުރުގެ އަމަލުތަކުން ދުނިޔޭގެ ސުލްހައަށް ނުރައްކާވާނެ: ދެކުނު

ލެވެން އޮތް ބާރެއްލައި ނިއުކްލިއާ ވޯހެޑް އުފެއްދުން ވީ އެންމެ ބޮޑަކަށް އިތުރު ކޮށް ފުޅާ ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަމުރެއްގެ ގޮތުގައި އެދިވަޑައިގެންފި އެވެ. އެ ގޮވާލެއްވުމާއެކުގައި އެމެރިކާ އާއި ދެކުނު ކޮރެއާއާ ދެކޮޅަށް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ގެ އާ މިސައިލް އުފެއްދުމަށް ވެސް އަމުރު ކުރެއްވި އެވެ.

ލީޑަރު ކިމްގެ މި ގޮވާލެއްވުމާއި އަމުރު އައީ ބަޔާނެއް މެދުވެރިކޮށް ދައުލަތުގެ މީޑިއާތަކުގެ ތެރެއިންނެވެ. އެ ބަޔާން އާންމު ކޮށްފައި ވަނީ އާ އަހަރުގެ ފެށުމުގެ ތެރެއިން އިރުމަތީ އައްސޭރިއަށް ކުރު ރާސްތާގެ ބެލިސްޓިކް މިސައިލެއް ފޮނުވާލިތާ ގަޑިއެއްހާއިރު ތެރޭގަ އެވެ.

މީގެ އިތުރުން އުތުރުގައި ވެރިކަން ކުރާ ވޯކާސް ޕާޓީގެ މުހިންމު ބައްދަލު ވުމެއްގައި ކިމް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެ ވާހަކަފުޅުގައި ވޮޝިންޓަނާއި ސޯލް އިން އުތުރު ކޮރެއާ އެކަހެރިކޮށްލައި "ނިއްވާލަން" ވަރުގަދަ ރޭވުމެއް ރާވާ ކަމަށް ކަމަށް ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ އެ މީހުންގެ އެ ރޭވުމަކީ އިންސާނީ ތާރީހުގައި ހިންގާފައިވާ އެފަދަ ކަންކަމާ އެއްވެސް ތަފާތެއް ނެތް ރޭވުމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަސްކަރީ ބާރު ބޮޑުތަނުން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތައް ދެ ގުނައަށް އިތުރު ކުރަން ޖެހޭ... އެއީ އަޅުގަނޑުމެންނަށް އަމާޒު ކޮށްގެން އެމެރިކާ އާއި އެހެން އަދާވާތްތެރި ބާރުތަކުން އަޅާ ނުރައްކާތެރި އަސްކަރީ ފިޔަވަޅުތަކާ ކުރިމަތިލުމަށް. އަދި އެއީ އަޅުގަނޑުމެންގެ އިސްތިގުލާލާއި ސަލާމަތާއި ގައުމީ މަސްލަހަތު ރައްކާތެރި ކުރުމަށް" ކޮރެއާގެ ކިމް ވިދާޅުވި ކަމަށް ރަސްމީ ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ރިޕޯޓް ކޮށްފައި ވެއެވެ.

އާ އަހަރު ފެށުމުގެ ހަރަކާތްތަކުގެ ތެރެއިން ހަތިޔާރު ޓެސްޓް ކުރުމާއެކު ހަތިޔާރު އުފެއްދުމުގެ ގާބިލުކަން އިތުރު ކުރުމަށް ލީޑަރު ކިމް ވަނީ އަމުރު ކުރައްވާފައި

ލީޑަރު ކިމް ވިދާޅުވި ގޮތުގައި ގިނަ އަދަދަކަށް ޓެކްޓިކަލް އަދި ނިއުކްލިއާ ހަތިޔާރު އުފެއްދުން އުތުރު ކޮރެއާއަށް މުހިންމެވެ. އަދި ވީހާ ބޮޑަށް ބާރުލައި ނިއުކްލިއާ ހަތިޔާރު އުފެއްދުން ވަރަށް ބޮޑަށް އިތުރު ކުރުމަށް ގޮވާލައްވަމެވެ.

މީގެ އިތުރުން ނިއުކްލިއަ ވޯހެޑް އުފުލޭ އާ ވައްތަރުތަކެއްގެ ބެލެސްޓިކް މިސައިލުތަކެއް އުފެއްދުމަށް އަމުރު ކުރެއްވީ އެއީ ގައުމީ އަސާސީ މިޝަނެއްގެ ގޮތުގައި ހިމަނައިގެނެވެ. އަދި އެއީ "ރެޕިޑް ނިއުކްލިއާ ކައުންޓަ އެޓޭކް ކެޕޭސިޓީއެއް" ގާއިމް ކުރުމަށެވެ.

އުތުރު ކޮރެއާގެ ފުރަތަމަ އަސްކަރީ ޖާސޫސީ ސެޓެލައިޓް ވަރަށް އަވަހަށް ޖައްވަށް ފޮނުވާލުމަށް ރާވާފައިވާ ކަމަށް ވެސް ކިމްއާ ހަވާލާދީ ރިޕޯޓްތައް އައިސްފައި ވެއެވެ.

މި ރިޕޯޓްތައް ބައިނަލް އަގުވާމީ މިޑިއާއަށް ދިޔައިރު އުތުރު ކޮރެއާގެ ވެރިރަށުގެ ސަރަހައްދުން ހުކުރު ދުވަހު މިސައިލެއް އުދުއްސި އެވެ. އެކަމާ ގުޅުވައި ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ބުނީ އެ މިސައިލް ކޮރެއާ ޕެނިންސުލާ އާއި ޖަޕާނާ ދެމެދު އޮންނަ ކަނޑަށް ވެއްޓުމުގެ ކުރިން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރަށް ދަތުރު ކޮށްފައިވާ ކަމަށާއި އަދި އެ އަމަލަކީ ކޮރެއާ ޕެނިންސުލާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސުލްހައާއި ސަލާމަތަށް ގެއްލުން ވާނެ ކަމެއް ކަމަށެވެ.

އާ އަހަރު ފަށައިގަތުމުގެ ހަރަކާތްތަކުގައިބ އުތުރުގެ ހަތިޔާރާއި ލަސްކަރުތައް އެކުވެ ދައްކާލަނީ


އެގޮތުން އެމެރިކާއާ ވާހަކަ ދައްކައި އުތުރު ކޮރެއާގެ އެ ފިޔަވަޅުތައް ދެކުނު ކޮރެއާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އުތުރުގެ ކޮންމެ ހަރަކާތަކާ ކުރިމަތިލާން ތައްޔާރަށް އޮތް ކަމަށް ބުނެފައި ވެއެވެ.

އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުތުރުން މިސައިލެއް ފޮނުވާލުމުގެ ސަބަބުން އުތުރު ކޮރެއާގެ ގަވާއިދާ ހިލާފަށް ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމްތައް ހިނގަ ހިނގާ އެބައޮތް ކަން ޔަގީންވާ ކަމަށާއި ދެކުނު ކޮރެއާ އާއި ޖަޕާން ދިފާއު ކުރުމަށް އެމެރިކާއިން ވެފައިވާ ވައުދުތައް ދަގަނޑު ފަދައިން އެކަތިގަނޑަކަށް ދެމި އޮންނާނެ ކަމަށެވެ.

އުތުރު ކޮރެއާއިން ވަނީ މިދިޔަ އަހަރު 70 އަށް ވުރެ ގިނަ މިސައިލް ޓެސްޓްކޮށްފަ އެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އުތުރުގެ އަމާޒަކީ ހަތިޔާރުގެ އިތުރުކޮށް، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމަށް ވާދަވެރިންނަށް ޕްރެޝަރު އިތުރު ކުރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.