އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސްދުވަސް ޖަހައިފި

އެ އެކައުންޓަކީ އޭނާގެ އެކައުންޓެއް ކަމަށް އައްބާސް އާދިލް ރިޒާ ދެކޮޅު ހަދަ އެވެ. އެ އެކައުންޓުން އިންޑިއާއާ ދެކޮޅަަށް ރާއްޖައި ހިންގާ ކަންކަމުގެ ހަބަރުތައް ޝެއާ ކޮށްފައި ހުރެ އެވެ.

އައްބާސް އާދިލް ރިޒާ: ކުރީން ވެސް މައްސަލަތައް ކުރިމަތިވޭ -- ސަން އޮންލައިންގެ ފޮޓޯއެއް

ނަފުރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ފަހަރު މަތިން ޓުވީޓްކޮށް އަމަން ގެއްލޭ ފަދަ ވާހަކަ ދައްކާ ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

މިއަދު ހެނދުނު އޭނާ ހައްޔަރު ކުރީ އާދިލް ރިޒާގެ ނަމުގައި އޮންނަ ޓްވިޓާ އެކައުންޓަކުން އިންޑިއާ ހައިކޮމިޝަނުގައި ހުޅު ޖަހައި އަންދާލަން ގޮވާލާފައި ވަނިކޮށްނެވެ.

އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު އެމްޑީޕީގައި އުޅުނު އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މި ސަރުކާރުގައި ވެސް އިސް މަގާމުތައް ފުރުއްވި އައްބާސް އާދިލް ރިޒާ ހައްޔަރުކުރީ އޭނާގެ ނަމުގައި ހިންގާ، ވެރިފައިކޮށްފައި ނުވާ ޓްވިޓާ އެކައުންޓަކުން މިދިޔަ ހުކުރު ދުވަހު ޓުވީޓް ކޮށް އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހައި އަންދާލަން ހިތްވަރު ދީފައިވާތީ އެވެ.

މައްސަލަ ވަރަށް ބޮޑަށް ހޫނު ވެފައިވާ އެ ޓްވީޓުގއި ބުނެފައި ވަނީ ފެބްރުއަރީ 8، 2012 ގެ ހަމަނުޖެހުމުގެ ތެރޭ އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެހެން ނަމަވެސް، ލިބުނު އެ ގެއްލުމަށް އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ. އަދި ބަދަލު ހިފުމުގެ ގޮތުން "އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ،" ކަމަށެވެ.

އެ އެކައުންޓަކީ އޭނާގެ އެކައުންޓެއް ކަމަށް އައްބާސް އާދިލް ރިޒާ ދެކޮޅު ހަދަ އެވެ. އެ އެކައުންޓުން އިންޑިއާއާ ދެކޮޅަަށް ރާއްޖައި ހިންގާ ކަންކަމުގެ ހަބަރުތައް ޝެއާ ކޮށްފައި ހުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.