ދިހަ ތަނެއް ފާސްކޮށް ޑުރަގާއެކު 17 މީހަކު ހައްޔަރަށް

ބުރާސްފަތި ދުވަހުގެ އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ 10 ތަނެއް ބަލާ ފާސްކޮށް 17 މީހަކު ހައްޔަރު ކުރި އެވެ. އޮޕަރޭޝަންގައި 6.8 ކިލޯގެ މަސްތުވާތަކެތި އަތުލި އެވެ.

ފާސް ކުރުމުގައިު ފުލުހުން އަތުލައިގަތް ޑްރަގް: އޮޕަރޭޝަންގައި 10 ތަނެއް ބަލާފައިވޭ
  • ފާސްކުރި ތަންތަނުން 933،430 ރުފިޔާ ފެނުނު

މަސްތުުވާތަކެތި އަތުލަން މާލެ އާއި ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެެއްގައި 17 މީހަކު ހައްޔަރު ކޮށްފި އެވެ

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ 10 ތަނެއް ބަލާ ފާސްކޮށް 17 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގެ ތެރޭން 6.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ބަލާ ފާސްކުރި ތަންތަނުން 933،430 ރުފިޔާ ވެސް ވަނީ ފެނިފަ އެވެ. ސީޕީ ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ވިއްކާ / ބޭނުންކޮށް ފުޅާ ދާއިރާއެއްގައި ކުށުގެވެށީގައި ހަރަކާތްތެރިވާ ގުރޫޕްތަކާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން މި ފަހުން ގެންދަނީ މާލެ އާއި ހުޅުމާލޭގައި މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި ކޮންމެ ފަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރެއެވެ. ބަލާށ ފާސްކުރާ ތަންތަނުން މަސްތުވާތަކެތި ވެސް ހޯދަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.