އެމްޕީއެލްގެ ސޭފްޓީ ވީކް ފަށައިފި

އެމްޕީއެލްގެ ޕޯޓް ސޭފްޓީ ވީކް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
  • ސޭފްޓީ ސްޓޭންޑަޑްގެ ޕޮލިސީ އިފްތިތާހު ކުރި
  • މަޖޫރީންނަށް ހެލްމެޓް ބަހައި ދިން

މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަން ދޭން އަހުލުވެރި ކުރުވުމަށް އެމްޕީއެލްގެ "ސޭފްޓީ ވީކް" މިއަދު ފަށައިފި އެވެ.

ހަތް ދުވަހުގެ ހަރަކާތް ފަށަން މިއަދު ހެނދުނު ވިޔަފާރި ބަނދަރުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެ ކުންފުނީގެ އެންމެ މުހިއްމު އަމާޒަކީ ބަނދަރުގެ އޮޕަރޭޝަން ތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.

"ޕޯޓުގެ އޮޕަރޭޝަން ތަކަކީ އޭގެ ޒާތުގައި ވެސް ނުރައްކާތެރި މަސައްކަތްތެއް. އެހެން ކަމުން، ސަލާމަތާ ރައްކާތެރިކަމަށް އަހުލުވެރި ކުރުވަން ސޭފްޓީ ވީކް ޕްރޮގްރާމަކީ ވަރަށް މުހިއްމު ޕްރޮގްރާމެއް" އޭނާ ވިދާޅުވިއެވެ.

މިއަދުގެ އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ސްޓޭންޑަޑް ތަންފީޒު ކުރުމުގެ ގޮތުން، އެކަމާ ގުޅޭ ޕޮލިސީ ސްޓޭޓްމެންޓް ވެސް އިފްތިތާހު ކުރި އެވެ. އެ ސްޓޭޓްމެންޓްގައި ވަނީ އިންޑަސްޓްރީ ބެސްޓް ޕްރެކްޓިސް ތަންފީޒުކޮށް، ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކަށް ތަބާވެ، ކުންފުނީގެ ހުރިހާ އޮޕަރޭޝަންތަކެއް ރައްކާތެރިކަމާއެކު ގެންދާށެވެ.

ސޭފްޓީ ވީކް ފެށި އިރު ބަނދަރުގައި ހަރަކާތްތެރިވާ މަޖޫރީންނަށް ހެލްމެޓު ހަދިޔާ ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.