އެމްޕީއެލް ސަރަހައްދުގައި ހުރި ކެމިކަލް ކޮންޓޭނަރަކުން ކެމިކަލް ލީކުވާތީ ސިފައިންގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރި ވެއްޖެ އެވެ. އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު އެވެ. އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.
ސިފައިން ވަނީ ހެނދުނު އެ ސަރަހައްދަށް ގޮސް ކެމިކަލް ލީކުވި 48 ފޫޓުގެ ކޮންޓޭނަރު ބަލައި ސާފުކޮށްފަ އެވެ. އެ ކޮންޓެއިނާއިން ކެމިކަލް ލީކުވާކަން ފާހަގަވީ އޭގެ ތެރެއިން ދުން އަރަމުން ދާކަން އެ ސަރަހައްދުގައި އުޅުނު މީހުނަށް ފާހަގަ ވެގެނެވެ. އެ ކޮންޓެއިނާއިން ލީކްވީ ހައިޑްރޮޒެން ޕެރޮސައިޑެވެ.