ފުލުހުން ނޮޅިވަރަންފަރު ސަހަރާ ކޮނުނު މައްސަލަ ކުށްވެރިކޮށްފި

ސަހަރާ ކޮނުނު މައްސަލާގައު ހިނގާ ދިޔަ ގޮތް ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ކައުންސިލުން ގޮވާލަ އެވެ.

ނޮޅިވަރަމްފަރު: އެރަށު ސަހަރާ ކޮނުނު މައްސަލަ ކައުންސިލުން ވަނީ ކުށްވެރި ކޮށްފައި

ހދ. ނޮޅިވަރަންފަރުގެ ސަހަރާއަށް ފުލުހުން ވަދެ، ކޮނެ ބަލައި ފާސް ކުރި މައްސަލަ ކުށްވެރިކޮށް، އެކަން ބަލައި ދިނުމަށް އެރަށު ކައުންސިލުން ގޮވާލައިފި އެވެ.

ނޮޅިވަރަންފަރު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަހަރާ ކޮނުމުގެ ހުއްދައަށް އަނގަ ބަހުން އެއްތައް ފަހަރަކު ބަޔަކު އެދެމުން ދިޔަ ކަމަށެވެ. އެކަމަކު ޝަރުއީ ރުގްޔާގައި ސަރަހާ ކޮނުން ނޯންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި އެތަން ކޮނުމުގެ ހުއްދަ ނުދިނުމަށް މިނިސްޓްރީން ލަފާދީފައިވާ ކަމަށެވެ.

"މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ލަފާ ދީފައި ވަނީ ޝަރުއީ ރުގްޔާގައި ސަހަރާ ކޮނުމެއް ނޯންނާނެ ކަމަށާއި، އަދި އެކަން ކުރުމަށް ހުއްދަ ނުދިނުމަށެވެ. މި ލަފަޔާއެކު އެކަން ކުރުމަށް ހުއްދަ ނުދެވޭނެކަން މި ކައުންސިލުން ވަނީ އެކަމަށް އެދުނު ފަރާތަށް އަންގާފަ އެވެ" ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނީ ބަޔަކު ސަހަރާ ކޮންނަ ކަމުގެ މައުލޫމާތު ލިބިގެން ރޭ އެތަނަށް ދިޔައިރު، ކޮންނަމުން ދިޔައީ ނޮޅިވަރަމްފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި ޕޮލިސް އިންޗާޖުގެ ހާޒިރުގައި ކަމަށެވެ.

އޭގެފަހުން ކައުންސިލުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.

ނޮޅިވަރަންފަރު ސަހަރާއަށް ފުން ވަން މައްސަލައިގެ ހަބަރު

ކައުންސިލުން ބުނެފައި ވަނީ ފުލުހުން އެކަމާ ގުޅުވައި މީޑިއާތަކަށް މައުލޫމާތު ދިން ގޮތް ވެސް ރަނގަޅު ނޫން ކަމަށާއި، އެކަން ވެސް ކުށްވެރިކުރާ ކަމަށެވެ. ފުލުހުން މި މައްސަލަ އާއި ގުޅިގެން ބުނެފައި ވަނީ ސަރަހަރާ ބަލާ ފައިސާ ކުރީ ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ރަށުގެ ކައުންސިލް އިދާރާގެ އެހީތެރި ކަމާއެކުގައި ކަމަށެވެ.

"މިކަން ހިނގާ ދިޔަ ގޮތް ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް މި ކައުންސިލުން ގޮވާލަމެވެ،" ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.