ނޮޅިވަރަންފަރު ސަހަރާއަށް ފުލުހުން ވަދެ ފާސްކޮށްފި

ނޮޅިވަރަންފަރުގެ ސަހަރާއަށް ފުލުސް ވަނީ ސިހުރެއްގެ ތުހުމަތުގައި ހުށެހެޅި މައްސަލައަކާ ގުޅިގެނެވެ. ސަހަރާއަށް ވަނީ ރޭގަ އެވެ.

ނޮޅިވަންފަރު

ހދަ، ނޮޅިވަރަންފަރުގެ ސަހަރާއަށް ފުލުހުން ވަދެ އެ ސަހަރާ ބަލައި ފާސް ކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ.

ފުލުހުން ބުނީ ސަރަހަރާ ބަލާ ފައިސާ ކުރީ ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ރަށުގެ ކައުންސިލް އިދާރާގެ އެހީތެރި ކަމާއެކުގައި ކަމަށާއި އެ ސަހަރާ ބަލައި ފާސް ކުރުމަށް ފަހު މައްސަލައެއް ތަހުގީގު ފަށާފައިވާ ކަމަށެވެ.

ނޮޅިވަރަންފަރުގައި ރޭ 11:30 އެހާކަންހާއިރު ފުލުހުން ތިބެގެން އާންމުންގެ ބަޔަކު އެރަށު ސަހަރާއިން ބައެއް ކޮނުނު ކަމަށް ވަނީ ސިހުރެއްގެ މައްސަލާގައި ކަމަށް ވެއެވެ. ރޭ ސަހަރާ ކޮނެގެން ނެގީ ކޯނޗެއް ކަން ސާފެއް ނުވެއެވެ. ނަމަވެސް ސަރަހާ ކޮނެގެން ހިރި ގަލެއް ގެންދިޔަ ކަމަށް ވެއެވެ.

ނޮޅިވަރަމެއް ނޫން ނޮޅިވަރަންފަރު

މި ހަބަރު ގެނެސް ދިނުމުގައި ހދ. ނޮޅިވަރަމް ކަމަށް ކުރިން ލިޔެވިފައި އޮތީ އެރި އޮޅުމަކުންނެވެ. ހަބަރު ގެނެސް ދިނުމުގައި ޖެހުނު އެ ކުށް މިހާރު ވަނީ އިސްލާހު ކޮށް، ރަނގަޅުގޮތް ހދ. ނޮޅިވަރަންފަރަށް ބަދަލު ކޮށްފަ އެވެ. ނޫހުގައި ޖެހުނު އެ ކުށަށް ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.