ކޮވިޑް-19 އަކީ ބާރުގަދަ ގައުމުތަކުގެ ވިޔަފާރިއާ ގުޅިފައިވާ "މެޑިކަލް މާފިއާ" ހަރަކާތެއް ކަމަށް ދުޔެއިން ތުހުމަތު ކުރާއިރު މިހާރު ދުނިޔޭގެ ގައުމުތަކުގައި މަންކީޕޮކްސް ޖެހޭ މީހުން އިތުރުވާތީ އެ ބަލީގެ ހާލަތު، ގްލޯބަލް ޕަބްލިކް ހެލްތު އެމަޖެންސީ އެއް ކަމުގައި ކަނޑައަޅާ މިންވަރަށް އިތުރުވެއްޖެތޯ ނިންމަން ތަޖުރިބާކާރުންގެ ބައްދަލުވުމެއް ބާއްވަން ޑަބްލިޔުއެޗްއޯ އިން ނިންމައިފި އެވެ.

އެއްޖިސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރެއިން ގިނައިން ފެންނަ މި ބައްޔާ ގުޅިގެން މިދިއަ ޖޫންމަހު ވެސް އެމަޖެންސީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއެވެ. އެ ފަހަރު ނިންމާފައި ވަނީ މަންކީ ޕޮކްސްގެ ހާލަތު ޕަބްލިކް ހެލްތު އެމަޖެންސީއަކަށް އަދި ނުދާ ކަމަށެވެ. ނަމަވެސް ބަލީގެ ހާލަތު ފަހުން ވަނީ ބޮޑު ތަނުން ބަދަލުވެފަ އެވެ./
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ 58 ގައުމަކުން މަންކީޕޮކްސް ޖެހިފައިވާ 6000 އަށްވުރެ ގިނަ މީހުން އެބަތި ކަމަށާއި އެ ބައްޔާބެހޭ އެމަޖެންސީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ އެވެ. އަދި ވިދާޅުވީ މަންކީޕޮކްސް އާއްމުކޮށް ފެންނަ މެދުތެރޭ އަދި ހުޅަނގު އެފްރިކާ ސަރަހައްދުގެ ބޭރުގައި ވެސް ބަލި އާއްމުވާ ކަމަށާއި އެ ބަލީގެ ވައިރަސް ފެތުރޭ މިންވަރާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
"އެންމެ ބޮޑު ގޮންޖެހުމަަކަށް ވެފައި ވަނީ ޓެސްޓުކުރުން. ބަލިޖެހިފައި އެކަން ނޭނގޭ އެތައް ބަޔަކު ތިބުމީ ވަރަށް ގާތް ކަމެއް." އޭނާ ވިދާޅުވި އެވެ.