ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފި

ފަހަކަށް އައިސް މަގުބޫލު ކަމެއް ހޯދާފައިވާ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ރަށްރަށުގެ ކޮމިއުނިޓީތަކަށް އެހީތެރި ވެދޭ

މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކްއާޓަރުގައިގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފި އެވެ.

  • 1.ހއ. މާރަންދޫ ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް ތަރައްގީކުރުން | މާރަންދޫ ބަނޑޭރިސްޓާ ސްޕޯޓްސް ކްލަބް
  • 2.ބީޗް ޕިކްނިކް ޕާކު ތަރައްގީކުރުން | ސީޑް އެސޯސިއޭޝަން، ނ. ޅޮހި
  • 3.ހާބަރު ސަރަހައްދުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން | މުންޑޫ ޒުވާނުންގެ ޖަމިއްޔާ
  • 4.ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން | ކިއްސަރު އެންޖީއޯ، ގއ. ކޮނޑޭ
  • 5.މަޑުއްވަރީ ސްކޫލުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން | މަޑުއްވަރީ އިޖްތިމާއީ ގުޅުން
  • 6.ސްކޫލު ކޮމްޕިއުޓަރު ލެބް ތަރައްގީކުރުން | އަރުލާ ސްޕޯޓްސް އެކަޑަމީ، ށ. ފޯކައިދޫ
  • 7.މިލަންދޫ ސްކޫލުގެ އަލިމަސް ޕާކު ތަރައްގީކުރުން | މިލަންދޫ ސްޕޯޓްސް ކްލަބް
  • 8.ކްލާސްރޫމް ޑިޖިޓައިޒް ކުރުން | ވިމެން އެންހޭންސްމަންޓް، ލ. ފޮނަދޫ
  • 9.މަގުބައްތި ހަރުކުރުން | މާޅޮސް ރެކްރިއޭޝަން އެންޑް އެންވަރަމަންޓް ސޮސައިޓީ
  • 10.ކޮމިއުނިޓީ ގާޑަން | ވެހި ސާފު، ސ. ހިތަދޫ
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ގާއިމުކޮށްފައިވާ ލައިބްރަރީއެއްގައި ކުދިންތަކެއް ފޮތް ކިޔަނީ -- ބީއެމްއެލް
ބީއެމްލް ކޮމިއުނިޓީ ފަންޑަކީ - ފަހަކަށް އައިސް މަގުބޫލު ކަމެއް ހޯދާފައިވާ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.