ތާރީހު

ރިނބުދޫން ބޮޑު ބޮލި ވަޅެއް

ބޮލިވަޅު ފެނިފައި ވަނީ އެ ރަށުގެ ދެކުނު ފަރާތުންނެވެ. އެ ރަށު ކައުންސިލުން ބުނީ ބޮލިވަޅު ފެނުނީ ފެނާއި ނަރުދަމާހެ މަސައްކަތަށް ހޮޅި ވަޅުލުމަށް އެ ސަރަހައްދު ކޮނުމުގެ ތެރޭގައެވެ.

ދ. ރިނބުދޫ އިން ބޮޑު ބޮލިވަޅެއް ވަނީ ފެނިފައި

ދ. ރިނބުދޫ އިން ބޮޑު ބޮލިވަޅެއް ފެނިއްޖެ އެވެ.

ބޮލިވަޅު ފެނިފައި ވަނީ އެ ރަށުގެ ދެކުނު ފަރާތުންނެވެ. އެ ރަށު ކައުންސިލުން ބުނީ ބޮލިވަޅު ފެނުނީ ފެނާއި ނަރުދަމާހެ މަސައްކަތަށް ހޮޅި ވަޅުލުމަށް އެ ސަރަހައްދު ކޮނުމުގެ ތެރޭގައި ކަމަށެވެ.

"ބެލެވޭ ގޮތުގައި މިއީ ވަރަށް ކުރީ ޒަމާނެއްގައި މި ސަރަހައްދުގައި ވަޅުލާފައިވާ ބޮލިތަކެއް،"

ކައުންސިލުން ބުނީ ބޮލިވަޅު ފެނުމާއެކު އެކަން ހެރިޖޭޓް މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އެކަން މިނިސްޓަރު ޔުމްނާ މައުމޫންވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ.

އެކަމަނާ ވަނީ އެކަން ހާމަކޮށް ރިނބުދޫ ކައުންސިލަށް ޝުކުރުއަދާކޮށް ޓްވީޓެއްވެސް ކުރައްވާފައެވެ. އަދި ވިދާޅުވީ ހެރިޖޭޓް މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން އަމަލު ކުރުމަށް ކައުންސިލްގައި އެދިފައިވާނެ ކަމަށެވެ.

ނަމަވެސް އެ ގޮތަކީ ކޮބައި ކަމެއް އެކަމަނާ ވިދާޅެއް ނުވެއެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ފުނުގައި ވަޅުލާފައި ވަރަށް ގިނަ އަދަދެއްގެ ބޮލި ހުއްޓެވެ. ކޮނުމުގެ ތެރޭގައި ބައެއް ބޮލިތައް ވަނީ ނެގިފައެވެ. ނަމަވެސް އެކަން ފާހަަގަ ކުރުމާއެކު ކޮނުމުގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ. ވަޅުގަނޑުގައި އޭރުވެސް ވަރަށް ގިނަ އަދަދަކަށް ބޮލި ހުއްޓެވެ. މިއީ ކުދިކުދި ބޮލިތަކެކެވެ. އަދި މިއީ ކުރީން ފައިސާގެ ގޮތުގައި ބޭނުންކުރި ފާޑުގެ ބޮލިތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.