އެކި ފަންތީގެ ޓޫރިޒަމަށް ހާއްސަކުރާ ހުޅުމާލޭގެ ޓޫރިޒަމް ރަށް ލޯންޗްކޮށްފި

މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި 7،000 ފްލެޓުގެ ހިޔާ މަޝްރޫއުގެ ފީޒިބަލް ކުރަން އޭރު ފަރުމާކުރި މަޝްރޫއެކެވެ. މަޝްރޫއުގެ ދަށުން ޓޫރިޒަމްގެ އެކި ޕްރޮޕަޓީތައް ހުޅުމާލެއާ ވަކިން ހަދާނެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއު އާބަން އައިލް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާ އިންޓަގްރޭޑެޓް ޓޫރިޒަމް ރަށް "އާބަން އައިލްސް" ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލޯންޗް ކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތައް ހޮވަން ރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ކުލަގަދަ ހަފުލާއެއްގައި ހުޅުމާލެ ޓޫރިޒަމް ޕްރޮޖެކްޓް "އާބަން އައިލް" އިންވެސްޓަރުންނަށް ހުޅުވާލިކަން އިއުލާނު ކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އޭނާ ވިދާޅުވީ މި މަޝްރޫއު ލޯންޗް ވެގެން ދިއުމާއެކު އެކަން ވާނީ އިންވެސްޓް ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ހުޅުވިގެންދާ އާ ދޮރަކަށެވެ.

"މިއީ އުންމީދީ ޕްރޮޖެކްޓެއް. މި ތަނުގައި އެކި ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު އޮންނާނެ،" އާތިފު ވިދާޅުވި އެވެ.

މި މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ހިންގިއިރު ދެވަނަ ފިޔަވަހީގެ ސޯޝަލް ހައުސިން މަޝްރޫއު ފީޒިބަލް ކުރަން ބޭނުންކުރި އެންމެ ބޮޑު ބިޒްނަސް މޮޑެލްގައި ހިމެނޭ މަޝްރޫއެކެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު

"އާބަން އައިލްސް" ހުޅުމާލެއާ ވަކިކޮށްލާނެ

"އާބަން އައިލް" ގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ދެބައިކޮށްލައި ބްރިޖަކުން ގުޅާލާއިގެން ހިންގާ މި މަޝްރޫއުގެ ދަށުން އެކި ފަންތީގެ ވިލާތަކާއި ޓޫރިޒަމް ޕްރޮޕަޓީތައް މިތަނުގައި ހުންނާނެ ކަމަށް އެޗްޑީސީ އިން ބުނެފައިވެ އެވެ.

މި މަޝްރޫއުގެ މައުލޫމާތު އާއްމު ކުރަން ރޭ އާއްމުކުރި މައުލޫމާތު ތަކުގައިވާ ގޮތުން މި މަޝްރޫއުގައި ގެސްޓްހައުސްތަކާއި ލަގްޒަރީ ވިލާތައް ސާވިސް އެޕާޓްމަންޓް އަދި ކޮމާޝަލް ސްޕޭސް އާއި މިޑްރޭންޖް ނުވަތަ މެދުފަންތީގެ ހޮޓާތަކުގެ އިތުރުން މަތީ ފަންތީގެ ހައިއެންޑް ހޮޓާތަކާއި ސިޓީ ހޮޓާތަކާއި ލަގްޒަރީ ވިލާތައްވެސް ހުންނާނެ އެވެ. މިތަންތަނުގެ ސައިޒު އުޅެނީ 2،800 އަކަފުޓޫން ފެށިގެން 50،00 އަކަފޫޓާ ދެމެދުގަ އެވެ. މި ތަންތަން ހަދަނީ ތިން ބުރި އާއި 12 ބުރިއާ ދެމެދުގު އުސްމިނުގަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއު އާބަން އައިލް

މަޝްރޫގައި ހިމެނޭ ބައިތައް

  •  ގެސްޓް ހައުސް : 21 ޕްލޮޓް
  •  ލަގްޒަރީ ވިލާ : 11 ޕްލޮޓް
  •  ސާވިސް އެޕާޓްމަންޓް : 10 ޕްލޮޓް
  •  ކޮމާޝަން ބައި : 9 ސްލޮޓް
  •  މިޑްސްކޭލް ހޮޓެލް: 3 ސްލޮޓް
  •  އަޕްސްކޭލް ހޮޓެލް : 3 ސްލޮޓް
  •  ސިޓީ ހޮޓެލް : 4 ސްލޮޓް

މި ރަށުގައި ހަދާ ޓޫރިޒަމް ޕްރޮޕަޓީތަކުގެ ތެރޭން އެންމެ ބޮޑު ޖާގައެއް ހާއްސަކޮށްފައިވަނީ 10 ބުރިއަށް އިމާރާތް ކުރާ "އަޕްސްކޭލް ހޮޓެލް" ނުވަތަ މަތީ ފަންތީގެ ހޮޓާތަކަށެވެ. މި ތަންތަނުގެ ސައިޒަކީ 50،681 އަކަފޫޓެވެ. އަދި ދެން އެންމެ ބޮޑު ޖާގައެއް ދީފައިވަނީ "މިޑްލްސްކޭލް" ހޮޓާތައް ހަދަން ހާއްސަ ކުރާ ބިންތަކުގަ އެވެ. މި ތަންތަން ހަދަން 19،000 އަކަފޫޓު ލިބޭނެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއު އާބަން އައިލް

އެޗްޑީސީ އިން ވަނީ މި މަޝްރޫއަށް އިންވެސްޓް ކުރާ ފަރާތްތަކަށް ތަފާތު ބިޒްނަސް މޮޑެލްތަކުގައި އިންވެސްޓް ކުރަން ފުރުސަތު ދީފަ އެވެ. މި ތަންތަން އިންވެސްޓް ކުރާ ފަރާތްތަކުން ލީސް މޮޑެލް އާއި ފިކްސްޑް ލީސް މޮޑެލް އަދި ޖޮއިންޓް ވެންޗާ (ޖޭވީ) ހަދައިގެން ވެސް ތަރައްގީ ކުރެވޭނެ އެވެ. މި ތަން ފަރުމާކޮށްފައިވަނީ ސަރުކާރުގެ ސިޔާސތުތަކާ އެއްގޮތަށް ދިގު މުއްދަތަކަށް ތިބޭ މީހުންނަށް ވެސް މި ޕްރޮޕަޓީތައް ނެގޭ ގޮތަށެވެ. އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑުގެ ޓޫރިޒަމް ވަސީލްތައް އެއާޕޯޓް ކައިރީގައި ހުރުމުން ޓްރާންސިޓްގެ ބޭނުމުގައި ކުރު މުއްދަތަކަށް ތިބުމަށް ވެސް ބޭނުން ކުރެވިދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.