ގޯލްޑް 100: ލައިފް ޓައިމް އެޗީވްމަންޓް ޑިމްސް ސޯލިހަށް

މ، ޝުއާޒް، މުހައްމަދު ސޯލިހް (ޑިމްސް ސޯލިހް) އަކީ އެންމެންހެން ދަންނަ މަޝްހޫރު ވިޔަފާރިއެކެވެ. އޭނާއަކީ ބޮޑު ކުންފުނެއްޏެއް ކަމަށްވާ ދަމާސްގެ ޗެއާމަނެވެ.

ދަމާސްގެ ބާނީ މުހައްމަދު ސޯލިހުއަށް ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100 އެވޯޑު ހަވާލު ކޮށްދެއްވަނީ -- ރައީސް އޮފީސް

ރާއްޖޭގެ އެންމެ ބޮޑު 100 ވިޔަފާރި ހޮވައި އެ ވިޔަފާރިތަކަށްދޭ އެންމެ ޝަރަފުވެރި އެވޯޑްގެ ގޮތުގައި ބްރޭންޑް ވެފައިވާ "ގޯލްޑް 100" ގެ ތެރެއިން ދޭ "ކޯޕަރޭޓް މޯލްޑިވްސް ލައިފްޓައިމް އެޗީވްމަންޓް" އެވޯޑް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ސޯލިހް (ޑިމްސް ސޯލިހު) އަށް ދީފި އެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި "ޑިމްސް ސޯލިހު" ގެ ނަމުން މަޝްހޫރު ވެފައިވާ ހިދުމަތްތެރި ވިޔަފާރިވެރިޔާ ސޯލިހަށް މި ހާއްސަ އެވޯޑް ރޭ ހަވާލު ކޮށްދެއްވީ ކްރޮސްރޯޑް މޯލްޑިވްސްގައި ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100 ގާލާ އިވެންޓުގައި ނައިބް ރައީސް ފައިސަލް ނަސީމު އެވެ. -- "ކޯޕަރޭޓް މޯލްޑިވްސް" އަކީ ވިޔަފާރިއަށް ހާއްސަކޮށް އިނގިރޭސި ބަހުން ނެރޭ މަޖައްލާއެކެވެ.

ޑިމްސް ސޯލިހަކީ ކޮން ބޭފުޅެއް؟ މ، ޝުއާޒް، މުހައްމަދު ސޯލިހް (ޑިމްސް ސޯލިހް) އަކީ އެންމެންހެން ދަންނަ މަޝްހޫރު ވިޔަފާރިއެކެވެ. އޭނާއަކީ ބޮޑު ކުންފުނެއްޏެއް ކަމަށްވާ ދަމާސްގެ ޗެއާމަނެވެ. ޑިމްސް ސޯލިހު އުފެއްދެވި އެ ކުންފުންޏަކީ މިހާރު ރިއަލްއެސްޓޭޓް ވިޔަފާރި އާއި މެޑިކަލް އިންޑަސްޓްރީގައި ގިނަ ވިޔަފާރިތަކެއް ކުރަމުން ގެންދާ ބޮޑު ކުންފުންޏެކެވެ. ސޯލިހަކީ ޓޫރިޒަމް ސެކްޓާއަށް ވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރު ހިއްސާވާ ގޮތަށް ފުރަތަމަ އުފެއްދި ޓޫރިޒަމް ކުންފުނި އެމްޓީޑީސީ އުފެއްދުމުގައި ވެސް އޭނާ އިސްކޮށް އުޅުއްވެވި އެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އެވެ. ސޯލިހުއަށް މި އަހަރު ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ އިން ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ.

މީގެ ކުރިން "ކޯޕަރޭޓް މޯލްޑިވްސް ލައިފްޓައިމް އެޗީވްމަންޓް" އެވޯޑް، ވިޔަފާރީގެ ޕައިނިއަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ލިބި ވަޑައިގެންފައި ވެއެވެ. މި އެވޯޑް މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އަށް ލިބި ވަޑައިގެންފައިވާއިރު ޗަމްޕާ ހުސެއިން އަފީފުގެ އިތުރުން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ފައުންޑާ އަދި ޗެއާމަން އަހުމަދު ހަސަން ރަޝީދާއި ބައިސަން މޯލްޑިވްސްގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް މަޖީދަށް ވެސް ލިބި ވަޑައިގެންފައި ވެ އެވެ.

ގޯލްޑް 100 ގާލާ އިވެންޓް: ވިޔަފާރިތައް އިންތިޒާރު ކުރާ މި އިވެންޓަކީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރީގެ އެންމެ އިސްވެރިން އެއްތަނަކަށް ޖަމާވާ އެންމެ ބޮޑު އެއް ފޯރަމެވެ. ފުރިހަމައަށް އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މި ހަފުލާ މިހާރު ރާއްޖޭގައި ވެފައި ވަނީ ވިޔަފާރީގެ އެންމެ ޕްރެސްޓީޖް އެއް އިވެންޓަށެވެ. މިއީ ގޯލްޑް 100 އެވޯޑު ދޭ ހަ ވަނަ އަހަރެވެ. މި އެވޯޑު ދެނީ އެކަމަށް ހާއްސަކޮށް ބަލާ ބެލުންތަކާއި ކުންފުނީގެ މާލީ ކެޕޭސިޓީ އަދި ކުންފުނީގެ ގިނަ ކަންކަމަށް ބެލުމަށް ފަހު މިނިވަން ތިންވަނަ ފަރާތެއްގެ ބެލުމުގެ ދަށުން ދެފުފެއްނަ އުސޫލެއްގެ ތެރޭންނެވެ. މި އެވޯޑު ދިނުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސް އިން އެންމެ ބޮޑު 100 ކުންފުނީގެ ލިސްޓެއް ވެސް އާއްމުކޮށް ޝާއިރު ކުރެ އެވެ. މި ލިސްޓަކީ ބޭރުން އަންނަ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ލިބިގެންދާ ބޮޑު ފަސޭހައަކަށް ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.