ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތަކަށް ޝަރަފުވެރި "ގޯލްޑް 100" އެވޯޑު ދީފި

ގޯލްޑް 100 އެވޯޑު ދޭ މިއީ ހަ ވަނަ އަހަރެވެ. އެވޯޑު ދެނީ އެކަމަށް ހާއްސަކޮށް ބަލާ ބެލުންތަކާއި ކުންފުނީގެ މާލީ ކެޕޭސިޓީ އާއި ގިނަ އެހެން ކަންކަމަށް ބެލުމަށް ފަހު މިނިވަން ތިންވަނަ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްއޭސީއެލް އިން ރޭ އެވޯޑާ ހަވާލު ވަނީ -- ރައީސް އޮފީސް

ރާއްޖޭގެ އެންމެ ބޮޑު 100 ވިޔަފާރި ހޮވައި، އެ ވިޔަފާރިތަކުގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން "ގޯލްޑް 100" އެވޯޑު ދީފި އެވެ. މި އަހަރު ދިނީ މިދިއަހަރުގެ އެވޯޑެވެ.

ވިޔަފާރިއަށް ހާއްސަކޮށް އިނގިރޭސި ބަހުން ނެރޭ "ކޯޕަރޭޓް މޯލްޑިވްސް އިން ދޭ "ގޯލްޑް100" އެވޯޑު ދީފައި ވަނީ ކްރޮސްރޯޑް މޯލްޑިވްސްގައި ރޭ ބޭއްވި ކުލަ ގަދަ "ގޯލްޑް100 ގާލާ" އެވޯޑުގަ އެވެ. މި އެވޯޑުތައް ހަވާލު ކޮށްދެއްވީ ރާއްޖަށް އެކި ގައުމުތަކުން ކަނޑައަޅުއްވާފައިވާ އެމްސެޑަރުންނާއި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި އެވޯޑު ހަފުލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ "ގޯލްޑް100" އެވޯޑަކީ ރާއްޖެއަށް ވަރަށް މުހިންމު އެވޯޑެއް ކަމަށެވެ. މި އެވޯޑު މުހިންމުވާ ސަބަބަކީ ވިޔަފާރިވެރިން ހާއްސަކޮށް ޕްރައިވެޓް ސެކްޓާއިން ރާއްޖެ ކުރިއަށް ގެންދަން ކުރަމުން ގެންދާ މަސައްކަތުގެ އަގު ވަޒަން ކުރާތީ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ގޯލްޑް 100 ގާލާ އިވެންޓަށް ނައިބް ރައީސް ފައިސަލް ވަޑައިގަތުމުން މަރުހަބާ ކިޔަނީ -- ރައީސް އޮފީސް

"ގައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮންނަނީ އެ ގައުމެއްގެ އިގްތިސޯދު ބިނާވެފައިވާ ގޮތުގެ މައްޗަށް. ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމުގައި ޕްރައިވެޓް ސެކްޓަރު އިން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރަން ޖެހޭ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅިން ޕްރައިވެޓް ސެކްޓާގެ މައްޗަށް ބިނާވެފައިވާ ސިނާޢަތެއް،" ކުރިން ޓޫރިޒަމް ސެކްޓާގައި ގިނަ މަސައްކަތެއް ކުރެއްވި ފައިސަލް ވިދާޅުވި އެވެ.

ގޯލްޑް 100 ގާލާ އިވެންޓް: ވިޔަފާރިތައް އިންތިޒާރު ކުރާ މި އިވެންޓަކީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރީގެ އެންމެ އިސްވެރިން އެއްތަނަކަށް ޖަމާވާ އެންމެ ބޮޑު އެއް ފޯރަމެވެ. ފުރިހަމައަށް އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މި ހަފުލާ މިހާރު ރާއްޖޭގައި ވެފައި ވަނީ ވިޔަފާރީގެ އެންމެ ޕްރެސްޓީޖް އެއް އިވެންޓަށެވެ. މިއީ ގޯލްޑް 100 އެވޯޑު ދޭ ހަ ވަނަ އަހަރެވެ. މި އެވޯޑު ދެނީ އެކަމަށް ހާއްސަކޮށް ބަލާ ބެލުންތަކާއި ކުންފުނީގެ މާލީ ކެޕޭސިޓީ އަދި ކުންފުނީގެ ގިނަ ކަންކަމަށް ބެލުމަށް ފަހު މިނިވަން ތިންވަނަ ފަރާތެއްގެ ބެލުމުގެ ދަށުން ދެފުފެއްނަ އުސޫލެއްގެ ތެރޭންނެވެ. މި އެވޯޑު ދިނުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސް އިން އެންމެ ބޮޑު 100 ކުންފުނީގެ ލިސްޓެއް ވެސް އާއްމުކޮށް ޝާއިރު ކުރެ އެވެ. މި ލިސްޓަކީ ބޭރުން އަންނަ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ލިބިގެންދާ ބޮޑު ފަސޭހައަކަށް ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.