ތާރީހު

ސަމަރްބުލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

ދިވެހިންގެ ގައުމީ ހަޔާތުގެ ވަރަށް މުހިންމު އެ ޝަހުސިއްޔަތު މިއަދު ހެނދުނު އަވަހާރަވިއިރު ތިން ބޭފުޅުން އެބަތިއްބެވި އެވެ. އިބްރާހިމް މަނިކުގެ އަނބިކަނބަލުން އެންދެރިމާގެ ފަރީޝާ އިބްރާހީމް ކުރިން އަވަހާރަވެފަ އެވެ.

ސަމަރޭ އަށް ރައީސް ސޯލިހު ލައިފް ޓައިމް އެޗީވްމެންޓް އެވޯޑު އަރުއްވަނީ -- ރައީސް އޮފީހުގެ ފޮޓޯއެއް

ދިވެހި ގައުމަށާއި ދިވެހި ރާއްޖޭގެ ސަރުކާރަށާއި ދިވެހި މިޑިއާއަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި ގައުމީ ހިދުމަތްތެރިޔާ ސަމަރުބުލޫ އިބްރާހީމް މަނިކު (ސަމަރޭ) 72، އަވަހާރަ ވެއްޖެ އެވެ.

އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅަށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. އިބްރާހިމް މަނިކު އަލާސްކަންފުޅާ އުޅުއްވާތާ ވަރަށް ގިނަ ދުވަސްވެފައި ވެއެވެ.

ކުރީގެ އިންފޮމޭޝަން މިނިސްޓަރުކަން ކުރެއްވި އިބްރާހިމް މަނިކު ވަނީ 30 އަހަރު ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާގައި މަސައްކަތް ކުރައްވައިފަ އެވެ. ހާއްސަގޮތެއްގައި "ދިވެހިރާއްޖޭގެ އަޑު" ގައި ކުރެއްވި މަސައްކަތްތައް ފާހަގަ ކޮށްލެވެ އެވެ. އެމަނިކުފާނު ބްރޯޑްކާސްޓިން ހިދުމަތާ ގުޅިވަޑައިގެންފައި ވަނީ 1974 ވަނަ އަހަރު އެވެ.

އެމަނިކުފާނުގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަހަރު ބޭއްވި ބްރޯޑްކާސްޓިން އެވޯޑް ހަފުލާގައި ލައިފް ޓައިމް އެޗީވާސް އެވޯޑު ވެސް ވަނީ އަރުއްވާފަ އެވެ.

ދިވެހިންގެ ގައުމީ ހަޔާތުގެ ވަރަށް މުހިންމު އެ ޝަހުސިއްޔަތު މިއަދު ހެނދުނު އަވަހާރަވިއިރު ތިން ބޭފުޅުން އެބަތިއްބެވި އެވެ. އިބްރާހިމް މަނިކުގެ އަނބިކަނބަލުން އެންދެރިމާގެ ފަރީޝާ އިބްރާހީމް ކުރިން އަވަހާރަވެފަ އެވެ.

އިބްރާހިމް މަނިކު ކުރުކޮށް: އިބްރާހިމް މަނިކު 72، ދިވެހި ރާއްޖޭގެ އަޑާ ޖުލައި 24، 1974 ގައި އިބްރާހީމް މަނިކު ގުޅިވަޑައިގަތެވެ. އޭގެ ކުރިން އެޑިއުކޭޝަން މިނިސްޓަރީގައި މަސައްކަތް ކުރެއްވި އެވެ. އަޑުގެ ވަގުތީ ވަޒީފާއިން ދާއިމީ ވަޒީފާއަށް ބަދަލުވެ ވަޑައިގަތީ 1976 ވަނަ އަހަރުއެވެ. އޭގެ ފަހުން 1980 އިގެ އަހަރުތަކުގެ ތެރޭގައި ޓީވީއެމްގެ ވެސް ވެރިޔާގެ މަގާމު ލިބިވަޑައިގެންނެވި އެވެ. ފަހުން އެ ދާއިރާގެ ވަޒީރުކަން ވެސް ކުރެއްވި އެވެ. ދެހާސް ހަވަނަ އަހަރު ޔޫތު މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި އިރު 32 އަހަރު މެދުނުކެނޑި ބްރޯޑްކާސްޓިންގައި ހިދުމަތް ކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.