ތާރީހު

ހުއްްޓާ ނުލައި ދާރުލް އާސާރު އިސްތިހާރު ކުރަންޖެހޭ

ދިވެހިންގެ ތާރީހާއި ތަރިކައިގެ މި ވާހަކަތައް ކޮންމެ ދުވަހަކު ރަނގަޅަށް އިސްތިހާރު ކުރަން ޖެހެ އެވެ. ކޮންމެ ދުވަހަކު ވިއްކަން ވެސް ޖެހެ އެވެ.

ރާއްޖޭގައި ބޮޑުކޮށް ނަން ޖަހާފައިވާ ވަރަށް ބޮޑު މިއުޒިއަމެއް ހުއްޓަސް ގިނަ މީހުނަކަށް އެތަނެއް ނޭނގެ އެވެ. ޗައިނާ ސަރުކާރުން އަޅައިދިން ފުރިހަމަ އެ ބިނާގެ ތެރެއަށް ވަދެ އަމިއްލަ ގައުމުގެ ތާރީހާއި ތަރިކަ ބަލާފައިވާ ދިވެހިން ވެސް މިހާރު އެހައި މަދެވެ. އެހެން ވެގެން ފަހަކަށް އައިސް ދިވެހި ދާރުލްއާސާރު ވެފައި އޮތީ ހަމައެކަނި ވަރަށް މަދު ޓޫރިސްޓުންކޮޅެއް ވަދެ ބަލާ ތަނަކަށެވެ. ދާރުލްއާސާރަށް 70 އަހަރުވީ އިރު ވެސް އެތަނުގެ ތާރީހީ ތަކެތި ދުވަހަކު ލޮކުން ނުފެންނަ ދިވެހިން އެބަތިއްބެވެ. މިދިއަ ހޮނިހިރު ދުވަހު ދާރުލްއާސާރު ބަލައިލަން ހިލޭ ފުރުސަތެއް ދީ އިސްތިހާރު ކުރުމުން ގިނަ ބަޔަކު އެތަނަށް ވަނެވެ. ވަރަށް ގިނަ ބަޔަކު ހައިރާންވެފައި ތިއްބެވެ. އެކަން އެނގެނީ ހާހަކަކަށްވުރެ ގިނަ މީހުން ދާރުލްއާސާރު ބަލަން ދިއުމުންނެވެ. ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ދިޔަ އެވެ. ކުރިން ދުވަހަކު ވެސް ނޭނގޭ އެތައް ކަމެއް އެ ކުދިންނަށް ފެނި އެނގުނެވެ. ރާއްޖޭގެ ތާރީހުގެ ގިނަ ވާހަކަތަކަށް ޝައުގު އުފެދުނެވެ. ރާއްޖޭގެ ރަސްރަސްކަލުންގެ ދިރިއުޅުއްވާމާއި ބޭނުންފުޅު ކުރެއްވި ތަކެތި ފެނުނެވެ. ދިވެހިންގެ މި ވާހަކަތައް ކޮންމެ ދުވަހަކު އިސްތިހާރު ކުރަން ޖެހެ އެވެ. ކޮންމެ ދުވަހަކު ވިއްކަން ވެސް ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.