ބޮޑުވަޒީރުގެ އޮފީހަށް އަންވަރު ވަދެވަޑައިގަތީ ތަފާތު ނުކުރާން ވައުދުވަމުން

އަންވަރު ވިދާޅުވީ ރަސްމީ މުސާރައެއް ނުނަންގަވާނެ ކަމަށެވެ. އޭނާގެ ސަރުކާރުން ވަކި ނަސްލަކަށް ވެސް ވަކި ދީނަކަށް ވެސް ބެލުމެއް ނެތި މެލޭޝިއާގެ ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ރައްކާތެރި ކޮށްދޭނެ ކަމަށެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހިމް، ޕްޓްރަޖާޔާގައި ހުންނަ ބޮޑުވަޒީރުގެ އޮފީހަށް ވަދެވަޑައިގަންނަވަނީ

ގިނަ ނަސްލުތަކަކާއި ގިނަ ދީންތަކެއް ވެސް ހިމެނޭ ދެކުނު އިރުމަތީ އޭޝިއާގެ މެލޭޝިއާގައި އެންމެން ބައިވެރިވާ ސަރުކާރެއް ލީޑް ކޮށް ދެއްވާނެ ކަމަށް ރައްޔިތުންނަށް ވައުދުވެ ވަޑައިގަންވަމުން އަންވަރު އިބްރާހިމް މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމު ޒިންމާތައް އުފުއްލަވާން އޮފީސްކޮޅަށް ވަދެ ވަޑައިގެންފި އެވެ.

އިއްޔެ ރަސްގެފާނުގެ ކުރިފުޅުމަތީގައި ހުވާ ކުރެއްވުމަށް ފަހު މިއަދު ހެނދުނު މެލޭޝިއާގެ އިދާރީ މަސައްމކަތްތައް ހިނގަ ހިންގާ އޮންނަ ޕުޓްރަޖަޔާގައި ހުންނަ ބޮޑުވަޒީރުގެ އޮފީހަށް އަންވަރު ވަދެ ވަޑައިގަތެވެ. އުމުރުފުޅުން މިހާރު 75 އަހަރު ވެފައިވާ އަންވަރު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާގެ ސިޔާސީ ތަޖުރިބާ ބޭނުންފުޅު ކުރައްވައިގެން މޭލޭޝިއާއަށ ގެންނާން ރާއްވާފައިވާ ޕްލޭންތައް ނޫސްވެރިންނަށް ސްކެޗްކޮށް ދެއްވި އެވެ.

އާ ބޮޑު ވަޒީރު ވިދާޅުވީ އެ މަނިކުފާނު ރަސްމީ މުސާރައެއް ނުނަންގަވާނެ ކަމަށާއި އޭނާގެ ސަރުކާރުން ވަކި ނަސްލަކަށް ވެސް ވަކި ދީނަކަށް ވެސް ބެލުމެއް ނެތި މެލޭޝިއާގެ ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ރައްކާތެރި ކޮށްދޭނެ ކަމަށެވެ. އަދި އިސްލާހީ އެ ބަދަލު މެލޭޝިއާއަށް ވަރަށް މުހިންމުކަން ވެސް ފާހަގަ ކުރެއްވި އެވެ.

"އޯގާތެރި ވެރިކަމާއި ހިޔާނާތާ ދެކޮޅު ހެދުމާއި ޝަރުއީ މިނިވަންކަމާއި އާދައިގެ މެލޭޝިއާގެ ރައްޔިތުންގެ ހެޔޮ ދުޅަހެޔޮކަމާ މެދު އަޅުގަނޑުގެ ސަރުކާރު ދުވަހަކު ވެސް ކޮމްޕްރޮމައިޒެއް ނުވާނަން،" އަންވަރު ވައުދުވެ ވަޑައިގެންނެވި އެވެ.

މެލޭޝިއާގެ ރަސްގެފާނު، ބޮޑުވަޒީރު އަންވަރު އައްޔަން ކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އޭނާގެ ޕަކަޓަން ހަރަޕަން (ޕީއެޗް) ކޯލިޝަނަށް އެންމެ ގިނަ ގޮނޑި ލިބުނު ނަމަވެސް ވެރިކަން ކުރަން ބޭނުންވާ އަޣުލަބިއްޔަތާ ހަމައަށް އެއްވެސް ޕާޓީއަކަށް ނުދެވުމުން ޕާޓީތަކުގެ މެދުގައި ބޭއްވި މަޝްވަރާތަކަށް ފަހު ފަހި ފުރުސަތު ލިބި ވަޑައިގަންނަވާ ބޭފުޅަކަށް މިވަގުތު އަންވަރު ވެވަޑައިގަންނަވާތީ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ކުރީކޮޅު އަންވަރު ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ތަހުނިޔާގެ ފޯނު ކޯލެއް ވެސް ނަންގަވާފަ އެވެ. ވިދާޅުވީ ތުރުކީ އަކީ މެލޭޝިއާގެ "ހަގީގީ އެކުވެރިއެއް" ކަމަށާއި ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ސަމާލުކަން ދެއްވާނެ ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން ވެސް ވަނީ އަންވާރާއި މެލޭޝިއާގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އިންތިޒާރު ކުރަނީ މަޝްވަރާ ކުރެވޭ ޑިމޮކްރެޓިކް އުސޫލުތަކާއި އިންސާނީ ހައްގުތަކާއި ގާނޫނީ ވެރިކަމަށް އިހުތިރާމް ކުރުމުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ އެކުވެރިކަމާއި އެއްބާރުލުން ކުރިޔަށް ގެންދާން" ބްލިންކެން ވިދާޅުވި އެވެ. "މިނިވަން އަދި ހުޅުވިފައިވާ، ގުޅިފައިވާ، ތަނަވަސް، ރައްކާތެރި އިންޑޯ-ޕެސިފިކް ސަރަހައްދެއް ކުރިއެރުވުމަށް މެލޭޝިއާއާއެކު މަސައްކަތް ކުރަން އަޅުގަނޑުމެން މިތިބީ އެދިގެން،"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.