މެލޭޝިއާގެ އާ ބޮޑުވަޒީރަކީ އަންވަރު އިބްރާހިމް

ރަސްގެފާނު ވަނީ ހުރިހާ ޕާޓީތަކާއި މަޝްވަރާ ކުރެއްވުމަށް ފަހު އާ ބޮޑުވަޒީރަކީ އަންވަރު އިބްރާހިމް ކަމަށް އިއުލާން ކުރައްވާ ހުވާ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވަން ނިންމަވާފަ އެވެ.

އަންވަރު އިބްރާހިމް އެ މަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ -- އަލް ޖަޒީރާ

ކަނޑައެޅިގެން ސާފު އަޣުލަބިއްޔަތަކާ ހަމައަށް އެއްވެސް ސިޔާސީ ޕާޓީއަކަށް މިދިއަ ހަފްތާ ބަންދުގައި ބޭއްވި އިންތިހާބުގައި ނުދެވުމުން ގެނައި ސިޔާސީ މަސްވަރާތަކަށް ފަހު މެލޭޝިއާގައި އުފެދުނު "ޑެޑްލޮކް" ގޮތް ނިންމަވަން ރަސްގެފާނަށް ލިބި ވަޑައިގަންނަވާ ފުރުސަތުގެ ބޭނުން ހިއްޕަވައި ޕާލަމެންޓްގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވި އަންވަރު އިބްރާހިމް، 75، ބޮޑު ވަޒީރު ކަމުގެ މަގާށް ހަމަޖައްސައިފި އެވެ.

ވެރިކަން ކުރާމ ބަރިސަން އެލަޔަންސް އާއި އަންވަރުގެ ޕަކަތަން ހަރަޕަން އަށް ވެެސް އަދި މެލޭ މުސްލިމް ޕެރިކަތަން ނެޝަނަލް ޕާޓީއަށް ވެސް އަޣުލަބިއްޔަތެއް ނުހޯދުނެވެ. ރަސްގެފާނު ގެންނެވި މި ބަދަލާއެލު އަންވަރު ވެ ވަޑައިގަންނަވާނީ މެލޭޝިއާގެ 10 ވަނަ ބޮޑު ވަޒީރަށެވެ.

ސަރުކާރެއް އެކުލަވާލުމަށް އެންމެ ކުރި ހޯދި ދެ ކޯލިޝަނަށް ފުރުސަތު ދިނުމުން އެ ދެ ކޯލިޝަނަށް ވެސ 222 ގޮނޑީގެ ތެރެއިން އަޣުލަބިއްޔަތެއް ނުހޯދެ އެވެ. އެހެންވެ އަންވަރާއި މުހުޔުއްދީން ޔާސީން އަދި އެހެން ލީޑަރުން އެކުވެ މެލޭޝިއާގެ ރަސްގެފާނު އަބްދުﷲ ސުލްތާން އަހުމަދު ޝާހު ބައްދަލު ކުރެއްވުމުން ގޮތެއް ނިންމަވަަން ރަސްގެފާނު ދެ ދުވަސް މަޑު ކުރެއްވި އެވެ.

ސަރުކާރެއް އެކުލަވާލުމަށް ބޭނުންވަނީ 112 ގޮނޑީގެ ޕާލަމެންޓްރީ މެޖޯރިޓީ އެކެވެ.

އަންވަރު އިބްރާހިމް: ބޮޑުވަޒީރު ކަމުގެ ހުވާ މިއަދު ކުރައްވާނެ

ރަސްގެފާނު ވަނީ ހުރިހާ ޕާޓީތަކާއި މަޝްވަރާ ކުރެއްވުމަށް ފަހު އާ ބޮޑުވަޒީރަކީ އަންވަރު ކަމަށް އިއުލާން ކުރައްވާ ހުވާ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވަން ނިންމަވާފަ އެވެ.

އަންވަރަކީ ކުރީގެ ބޮޑު ވަޒީރު ޑރ. މަހާތީރު މުހައްމަދުގެ ރަން ޒަމާނުގައި އެންމެ އަރިސް ލީޑަރެވެ. އޭނާ ބާރު ގަދަވެ ވެރި ކަމަަށް ވަޑައިގެންފާނެ ކަމަށް ބެލެވުމުން ސިޔާސީ ގޮތުން ފްރޭމްކޮށް އެއްޖިންސުން ގުޅުން ހިންގެވި ކަމުގެ ތުހުމަތާއި ކޮރަޕްޝަނުގެ ތުހުމަތު ކޮށް ޖަލަށްލައި ހުކުމެއް ތަންފީޒުކޮށްފައި ވެއެވެ. އޭރުން ފެށިގެން މެލޭޝިއާ ހިންގުމުގެ އެންމެ މަތީވެރިޔާއަށް ވެ ވަޑައިގަތުމަށް އޭނާ ވަނީ ދިގު ދަތުރެއް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.