އެތެރޭގެ އުދުހުމަށް މުއްދަތު ހަމަވެފައިވާ އައިޑީ ނެގުން ހުއްޓާލަނީ

މުއްދަތު ހަމަވެފައި އޮތް ނަމަވެސް ކާކުކަން އަންގައިދޭ ރަސްމީ ލިޔުންތައް ބަލައިގަންނަ ގޮތް ހެދީ ކޮވިޑާ ގުޅިގެން އައި ދަތީގެ ތެރޭގައި ފަސޭހަ ކޮށްދޭން ވެގެނެވެ.

ޑޮމެސްޓިކް / އެތެރޭގެ އުދުހުންތަކުގެ ބޭނުމަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބަލައިގަތުން ހުއްޓާލަން ނިންމައިފި އެވެ. އެއީ ކުރިން ވެސް އޮތް ގޮތެވެ. ނަމަވެސް މުއްދަތު ހަމަވެފައި އޮތް ނަމަވެސް ކާކުކަން އަންގައިދޭ ލިޔުންތައް ބަލައިގަންނަ ގޮތް ހެދީ ކޮވިޑާ ގުޅިގެނެވެ.

  • 1.ސަރުކާރު ދޭ ފޮޓޯ އަދި އައިޑީކާޑު ނަންބަރު ހިމެނޭ ލިޔުން
  • 2.ފާސްޕޯޓް
  • 3.ދިވެހި ރައްޔިތެއްކަންް އަންގައިދޭ ކާޑު
  • 4.ވޯކް ވިސާ ކާޑު
  • 5.ޑްރައިވިން ލައިސެންސް
  • 6.އެއަޕޯޓް ސެކިއުރިޓީ ކާޑު

މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމެންޓުތައް ބަލައިގަތުން ހުއްޓާލުމާއި ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނަނީ އެފަދަ ލިޔެކިއުންތައް ބަލައިގަތުން އެކަށް ހުއްޓާލާނީ އަންނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.